ކ. މާލެ
|
29 ނޮވެންބަރ 2018 | ބުރާސްފަތި 16:45
ޑިފެންސް މިނިސްޓަރ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ޒިޔާރަތްކުރެއްވުން
ޑިފެންސް މިނިސްޓަރ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ޒިޔާރަތްކުރެއްވުން
އެމްއެންޑީއެފް
ޑިފެންސް މިނިސްޓަރު
ޑިފެންސް މިނިސްޓަރ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ޒިޔާރަތްކުރައްވައިފި
ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކުރުމަށް މަޝްވަރާކުރެއްވި

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ޒިޔާރަތްކުރައްވައިފިވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަޑައިގެން ޑިފެންސް މިނިސްޓަރ ވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާ ޚިދުމަތްދިނުމުގައި ދިމާވާ މައްސަލަތަކާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ.

އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ކުރަމުންދާ މަސައްކަތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ކޮމާންޑުން ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ޑިފެންސް މިނިސްޓަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ޒިޔާރަތުގައި މިނިސްޓަރ ވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އިދާރި ބައިގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައި އިދާރީ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް