ކ. މާލެ
|
30 ނޮވެންބަރ 2018 | ހުކުރު 20:44
އޮސްޓްރޭލިޔާ ހައިކޮމިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަންއާއި ބައްދަލު ކުރެއްވުން
އޮސްޓްރޭލިޔާ ހައިކޮމިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަންއާއި ބައްދަލު ކުރެއްވުން
ރާއްޖެއެމްވީ
މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން
އޮސްޓްރޭލިޔާ ހައިކޮމިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން އާއި ބައްދަލު ކުރައްވައިފި
ސްކޮލަރޝިޕް ތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވޭ

ކޮލޮމްބޯގައި ހުންނަ އޮސްޓްރޭލިޔާ ހައިކޮމިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، މިސް ވިކްޓޯރިއާ ކޮކްލޭ، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުން އޮތީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ގައެވެ.

މިބައްދަލުވުމުގައި އޮސްޓްރޭލިޔާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވަވަމުން ގެންދަވާ ސްކޮލަރޝިޕް ތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. މި މަޝްވަރާ ތަކުގައި މަތީ ތަޢުލީމާއި ތަޖުރިބާގެ އިތުރު ފުރުސަތުތައް ހޯއްދަވާ ދެއްވުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.

އަދި ވަކިން ޚާއްސަކޮށް ދިވެހި ރާއްޖެ އަށް ފުރަތަމަ ޑިގްރީ ފެންވަރަށް އޮސްޓްރޭލިއާ ގައި ކިޔެވުމަށްޓަކައި ސްކޮލަރޝިޕް ހޯއްދަވާ ދެއްވުމަށް ބާރު އަޅުއްވައި ދެއްވުމަށް ވެސް މިނިސްޓަރ އެދިވަޑައި ގަތެވެ.

މިބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ވަގުތީ ޕާރމަނަންޓް ސެކްރެޓަރީ ޑރ. ޢަބްދުއްރަޙީމް ހަސަން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް