ކ. މާލެ
|
30 ނޮވެންބަރ 2018 | ހުކުރު 19:49
ސީލައިފްގެ އޮފީސް
ސީލައިފްގެ އޮފީސް
ފާތިމަތު ޝަނާ މުހައްމަދު
ސީލައިފްގެ މައްސަލަ
ސީލައިފުން ލަނޑުދިން މީހުން ފުލުހުންނަށް މައްސަލަ ހުށަހަޅަން އަންގައިފި
ފުލުހުން ވަނީ އެކަމަށް އިލްތިމާސްކޮށްފައި
ގިނަ ބަޔަކު މިހާރުވެސް ވަނީ މައްސަލަ ހުށަހަޅާފައި
ގިނަ އަދަދެއްގެ ބައެއްގެ އަތުން ވަނީ ފައިސާ ނަގާފައި

ހައުސިންގ ޔުނިޓް އަޅައިދޭނެކަމަށް ބުނެ އެޑްވާންސްކޮށް ފައިސާ ނަގައިގެން ސީލައިފުން ލަނޑުދިން އެންމެން ވެސް އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް އެ އިދާރާ އިން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅާނެ ކަމަށް ބުނެ އެ ތަންތަން ގިނަ ބަޔަކަށް ވިއްކައި، މަކަރާއި ހީލަތް ހަދައިގެން ބޮޑެތި އަދަދުތަކުން ފައިސާ ނެގި މައްސަލަ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގުގައި، ސީލައިފަށް ދައުވާ ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން މައްސަލަ ހުށަހަޅާފައިވާ ކަމަށާއި، މިހާތަނަށް މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކުގެ އިތުރުން ވެސް މިމައްސަލައިގައި ގެއްލުން ލިބިފައިވާ ބަޔަކު ތިބިކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެޕާރޓްމަންޓްތައް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް މިފަދަ މައްސަލައެއް ކުރިމަތިވެފައިވޭތޯ ބެލުމަށް ބޭނުންވާތީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި އެފަރާތްތަކާއި ދެމެދު ލިޔެކިޔުމުން ކުރެވިފައިވާ މުޢާމަލާތްތަކާއި އެކު، އެސަރވިސް އަށް މައްސަލަ ހުށަހެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް