ކ. މާލެ
|
29 ނޮވެންބަރ 2018 | ބުރާސްފަތި 01:42
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައެއް މެމްބަރުން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައެއް މެމްބަރުން
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް
ގަވާއިދުގައި ބުނަނީ މި މަހުގެ ނިޔަލަށް ދައުރު ނިމޭނެ ކަމަށް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކާއި ނަންފުޅުތައް މަޖިލީހުން ފާސްކުރުމަށްޓަކާ، މި މަހުގެ ނިޔަލަށް ނިމޭ ގޮތަށް އޮތް މަޖިލީހުގެ ތިން ވަނަ ދައުރު އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް ދިގު ދަންމާލައިފިއެވެ.

ތިން ވަނަ ދައުރު ދިގުދަންމާލަން ފާސް ކުރީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެމްބަރުންގެ ތެރެއިން 70 މެމްބަރުންގެ އަގުލަބިއްޔަތަކުންނެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

މަޖިލީހުގެ ގަވައިދުގައި ބުނެފައިވާ ގޮތުން ތިން ވަނަ ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ އޮގަސްޓް 27 އިން ފެށިގެން މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

އާ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ވަނީ ދެ ބިލެއް ހުށަހަޅާފައެވެ. އެއީ ޕެޑުން ޓެކްސް ނެގުން ހުއްޓުވުމުގެ ބިލާއި ގާނޫނީ ހިދުމަތުގެ ބިލެވެ. ޕެޑުން ޓެކްސް ނެގުމުގެ ބިލު މަޖިލީހުން ފާސްކޮށްފައި ވިޔަސް، ގާނޫނީ ހިދުމަތުގެ ބިލު ވަނީ ދިރާސާ ކުރުމަށްޓަކާ ކޮމެޓީއަށް ފޮނުވާފައެވެ.

މީގެ އިތުރުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އިދިކޮޅު ޕީޕީއެމުން ހުށަހެޅި ދެ އިސްލާހެއް ކޮމެޓީ މަރުހަލާގައި އެބަ އޮތެވެ. އަދި ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލައިގެ ބަހުސް ވެސް މަޖިލީހުގައި އަދި ނުފަށައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް