ކ. މާލެ
|
29 ނޮވެންބަރ 2018 | ބުރާސްފަތި 04:28
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ތެރެއިން
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
30.2 ބިލިއަން ރުފިޔާ ބަޖެޓް މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފި
ބިލު ފާސްކުރަން 73 މެމްބަރުން ވޯޓު ދެއްވި

އަންނަ އަހަރަށް ލަފާކޮށް 30.2 ބިލިއަން ރުފިޔާ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމެޓީން ގެނައި ބަދަލުތަކާ އެކު، 600 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށް، 30،251،742،542 (ތިރީސް ބިލިއަން ދުވިސައްތަ ފަންސާސް އެއް މިލިއަން ހަތް ލައްކަ ސާޅީސް ދެ ހާސް ފަސްސަތޭކަ ސާޅީސް) ރުފިޔާއަށް ބަޖެޓް ވަނީ ބޮޑުކޮށްފައެވެ.

މިހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓުގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެމްބަރުންގެ އިއްތިފާގުންނެވެ. ބަޖެޓް ފާސްކުރަން މަޖިލީހުގެ ތަޅުމުގައި އެ ވަގުތު ތިއްބެވި އިދިކޮޅު ޕީޕީއެމާއި އެމްޑީއޭގެ ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓަށް، އާ ސަރުކާރުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ނިމިދިޔަ ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކާ ބަޖެޓުގައި ވަނީ އިތުރަށް ފައިސާ ހިމަނާފައެވެ. އަދި އާ ސަރުކާރުގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ވެސް ބަޖެޓުގައި ފައިސާ ހިމެެނިއެވެ.

ބަޖެޓް ކޮމެޓީގެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ މަޖިލީހުގެ ގިނަ މެމްބަރުން ބޭނުންވި ގޮތަށް ބައެއް ދާއިރާތަކަށް ފައިސާ ބަޖެޓުގައި ހިމެނިފައި ނުވާ ކަމަށެވެ. އަދި އެކަމަށްޓަކާ އޭނާ ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް