ކ. މާލެ
|
29 ނޮވެންބަރ 2018 | ބުރާސްފަތި 21:00
މެމްބަރު އިމްތިޔާޒް ފަހުމީ އިމްތިޔާޒް ކޮމިޓީއަށް މައްސަލަ ހުށަހެޅުން
މެމްބަރު އިމްތިޔާޒް ފަހުމީ އިމްތިޔާޒް ކޮމިޓީއަށް މައްސަލަ ހުށަހެޅުން
ޓްވިޓަރ
އިމްތިޔާޒް ކޮމިޓީ
ސިފައިންނާއި ފުލުހުން މެމްބަރުންނަށް ހުރަސްއެޅި މައްސަލަ އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅައިފި
މެމްބަރުންނަށް އަނިޔާވެރިވުމުގެ ގާނޫނީ އެއްވެސް ހަމައެއް ނެތް

މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ އިން ގަދަކަމުން ނެރުނު މައްސަލަ ބަލައި ދިނުމަށް އެދި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ މިއަދު ހުށަހަޅުއްވައިފި އެވެ.

މިދިޔަ އަހަރުގެ ޖުލައި 24 ގައި ރައްޔިތުންގެ މަޖިލީހަށް ވަން ބައެއް މެމްބަރުން ވަނީ މަޖިލީހުގެ އިދާރާ އިން ގަދަކަމުން ނެރެފައެވެ. އެހެންކަމުން މިމައްސަލާގައި ޒިންމާވާން ޖެހޭ ފުލުހުންނާއި ސިފައިން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީ އަށް ހާޒިރުކުރަން އިންތި ވަނީ އެދިވަޑައިގެންފައެވެ.

އިންތި ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ މެމްބަރުން މަޖިލީހަށް ވަނުމާއި ނުކުތުމަކީ ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައި ވެސް ހުއްދަ ކަމެއް ކަމަށާއި، މެމްބަރުން މަޖިލީހަށް ވަނުން މަނާކުރެވޭނެ ގާނޫނީ އެއްވެސް ހަމަ އެއް ނޯންނާނެ ކަމަށެވެ.

އަދި ސިފައިންނާއި ފުލުހުން މަޖިލީހުގެ އިދާރާ އަށް ވަދެ، މެމްބަރުންގެ ގަޔަށް އަތްލައި، އަނިޔާވެރިވުމުގެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށާއި އެ ދުވަހުގެ ފަހުން ވެސް މެމްބަރުންނަށް ހުރަސް އަޅައި، މަޖިލީހުގެ ދޮރާށި މަތިން ބޭރަށް "ހޫރާލުމުގެ" އެތައް އަމަލެއް ސިފަ އިން ހިންގާފައިވާ ކަމަށެވެ.

އަދި ސަލާމަތީ ބާރުތަކުން މެމްބަރުންނާ މެދު އަމަލުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާ ހިލާފަށް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ނިންމާ އެދުވަހު މަޖިލީހަށް ވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ނާއިބު ރައިސް ފައިސަލް ނަސީމާއި، މިސަރުކާރުގެ ކޯލިޝަންގައި ހިމެނިވަޑައިިގަންނަވާ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

މިމައްސަލާގައި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ، ބައެއް މެމްބަރުންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދައުވާ އުފުލި ނަމަވެސް ޕީޖީން މިހާރު ވަނީ އެ މައްސަލަތައް އަނބުރާ ނަގައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް