ކ. މާލެ
|
29 ނޮވެންބަރ 2018 | ބުރާސްފަތި 20:55
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީހުގެ ރަސްމީ މަސައްކަތު ގަޑި ނިމޭނީ 3 ގައި
މިހާރެކޭ އެއްގޮތަށް ރަސްމީ ގަޑި ފެށޭނީ ހެނދުނު 8:00 ގައި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މަސައްކަތު ގަޑި މެންދުރު ފަހު 3:00ގައި ނިމޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެއޮފީހުގެ ރަސްމީ މަސައްކަތު ގަޑި2 ޑިސެމްބަރުން ފެށިގެން ނިމޭނީ މެންދުރުފަހު 3 ގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. ނަމަވެސް މިހާރެކޭ އެއްގޮތަށް ރައީސް އޮފީހުގެ ރަސްމީގަޑި ފެށޭނީ ހެނދުނު 8:00 ޖަހާއިރު ކަމަށް އެއޮފީހުން މައުލޫމާތުދެއެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީހުގެ ރަސްމީ މަސައްކަތު ގަޑި އޮންނަނީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށެވެ. އަދި މިބަދަލު ގެންނެވީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ރައީސް އޮފީހުގެ ރަސްމީ މަސައްކަތު ގަޑި 8:00 އިން 3:00 އަށް ބަދަލު ކުރި ނަމަވެސް ސިވިލްސާރވިސްގެ ރަސްމީ މަސައްކަތު ނިމޭ ގަޑިއަށް ބަދަލުގެނެސްފަ އެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް