ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 19:00
ފަރަށް އެރި ކޮޅުވެއްޓި ފުން ކުރުމުގެ މަސައްކަތް ދަނީ ކުރަމުން
ފަރަށް އެރި ކޮޅުވެއްޓި ފުން ކުރުމުގެ މަސައްކަތް ދަނީ ކުރަމުން
އެމްއެންޑީއެފް
ކޮޅުވެއްޓި ފަރަށް އެރުން
ފަރަށް އެރި ކޮޅުވެއްޓި ފުންކުރުމުގެ މަސައްކަތް ފަށައިފި
ކޮޅުވެއްޓީގައި ތިން ދިވެހިންނާއި ދެ ބިދޭސީން ތިބި
އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ

ފަރަށް އަރާފައިވާ "ޝަނީމް" ނަމަކަށް ކިޔާ ކޮޅުވެއްޓި ފުންކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ 126 ފޫޓުގެ މި ކޮޅުވެއްޓި އަނަންތަރާ ވެލި ރިސޯރޓުގެ އިރުމަތީ ފަރާތު ފަރަށް އަރާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:05 ހާއިރުއެވެ.

އެމްއެންޑީއެފުން ބުނީ މި ކޮޅުވެއްޓި ފަރަށް އެރި އިރު މީގައި ތިން ދިވެހިންނާއި ދެ ބިދޭސީން ތިބި ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ދޯނީގެ ވެރިފަރާތުން ކަފުޖެހުމަށްޓަކައި ޓަގެއް ހޯދުމާއި އެކު ބުދަ ދުވަހުގެ 13:00 ގައި މި ކޮޅުވެއްޓި ކަފުޖެހުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް