ކ. މާލެ
|
29 ނޮވެންބަރ 2018 | ބުރާސްފަތި 20:47
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޕެޑުން ޓެކްސް ނެގުން ހުއްޓުވުމުގެ ބިލު ބަލައިގަތީ 65 މެމްބަރުންގެ ވޯޓުން
އަށް މެމްބަރަކު ވަކިކޮޅަކަށް ވޯޓު ނުދެއްވާ

ޕެޑުން ނަގަމުން އަންނަ ޖީއެސްޓީ ކަނޑާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ, އެ ބިލު ދިރާސާ ކުރުމަށް ކޮމެޓީ އަށް ފޮނުވައިފިއެވެ.

ސަރުކާރުން ހުށަހެޅި އެ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 65 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެ ބިލު ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ. ނަމަވެސް އަށް މެމްބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވައެވެ.

ޕެޑުން ޓެކްސް ނެގުން ހުއްޓާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ބާރީ އަބްދުﷲއެވެ. އޭނާ ހުށަހެޅުއްވި ބިލު ދިރާސާ ކުރަނީ މުޅި މަޖިލިސް ހިމެނޭ ގޮތަށް ހަދާފައިވާ ކޮމެޓީންނެވެ.

ބާރީ ހުށަހެޅުއްވި ބިލަށް މަޖިލީހުގައި ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވަނީ ތާއިދު ކުރައްވާފައެވެ. ބައެއް މެމްބަރުން ވިދާޅުވީ އެތަކެތި ފިހާރަތަކުން ވިއްކާ އަގު ވެސް ކޮންޓްރޯލު ކުރަންޖެހޭނެ ކަމަށެވެ.

ޕެޑުން ޓެކްސް ނެގުން ހުއްޓާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޕެޑުން ޓެކްސް ނަގަމުންދާތީ އެކަމާ ދެކޮޅަށް އެންމެ ފުރަތަމަ ކެމްޕެއިން ފެށީ 2016 ވަނަ އަހަރުއެވެ. އަންހެނުންގެ ޒަރޫރީ ބޭނުމަކާ ގުޅިފައިވާ އެފަދަ އެއްޗަކުން ޓެކްސް ނެގުން ހުއްޓާލުމަށް ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުން ދިޔައިރު ވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމިގެން ދިޔައިރު ވެސް އެކަމަށް އިޖާބަ އެއް ނުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް