ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 16:27
މާލެ ސިޓީ
މާލެ ސިޓީ
ގޫގުލް
ޗުއްޓީ އަށް ދިޔުން
ޗުއްޓީއަށް ރަށުން ފުރައިގެން ދިއުމުގެ ކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް ސަމާލުކަން ދެއްވާ!
މި އަހަރުގެ ދިރާސީ އަހަރު ނިމިފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު

މި ދުވަސްވަރަކީ ސްކޫލުތަކުގެ ކިޔެވުން ނިމި ސްކޫލުތައް ބަންދުވުމާއެކު ލިބޭ ބޮޑު ޗުއްޓީގައި ގިނަ އަދަދެއްގެ ބަޔަކު އެކި ދިމަދިމާއަށް ދަތުރުކުރާ ދުވަސްވަރެއްކަމުން ޗުއްޓީއަށް ރަށުން ފުރައިގެން ދިއުމުގެ ކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް ސަމާލުކަން ދެއްވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން އެގޮތަށް އިލްތިމާސްކޮށްފައި ވަނީ މި ދުވަސްވަރަކީ ގިނަ ޢަދަދެއްގެ ބަޔަކު ދިގު މުއްދަތަކަށް ރާއްޖެއިން ބޭރަށް ނުވަތަ އަތޮޅު ތެރެއަށް ގޮސް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގައި ހޭދަކުރާ ދުވަސްވަރަކަށްވާތީ އެވެ.

ފުލުހުން ބުނީ ޗުއްޓީއަށް ރަށުން ފުރުމުގެކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް އިސްކަންދީ ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ފުލުހުން ވަނީ ޗުއްޓީއަށް ދިޔުމުގެ ކުރިން ވިސްނާލުން މުހިންމު އަދި ސަމާލުކަންދޭންވީ ބައެއް ކަންކަން ފާހަގަކޮށްފަ އެވެ.

އެގޮތުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ ގޭގައި ހުންނަ އަގޮބޮޑު އަދި ފަސޭހައިން އުފުލައި ގެންގުޅެވޭ ޒާތުގެ ތަކެތި ބޮޑަށް ރައްކާކޮށް، ގޭގައި ފައިސާ ރައްކާކުރުމުގެ ބަދަލުގައި ޗުއްޓީއަށް ދިޔުމުގެ ކުރިން ބޭންކަށް ފައިސާ ޖަމާކުރުމަކީ ރައްކާތެރިކަމުގެ އެޅިދާނެ ފިޔަވަޅެކެވެ. އަދި ޕާސްޕޯޓާއި އައިޑީ ކާޑު އަދި ކޭޝްކާޑު ފަދަ މުހިއްމު ތަކެތި ހާމަތަންތަނުގައި ނުބަހައްޓައި ރައްކާކުރުމާއި ޗުއްޓީގައި ހުރިނަމަވެސް ކޮންމެވެސް ފަރާތެއް މެދުވެރިކޮށް ދޭތެރެ ދޭތެރެއިން ގޭގެ ހާލަތު އޮޅުން ފިލުވުމަކީ ޗުއްޓީ ދުވަސްވަރު ކުރެއްވުން ރަނގަޅު ކަމެކެވެ.

މީގެއިތުރުން ދިރިއުޅެމުންދާ ގެ ނުވަތަ އެޕާޓްމަންޓް ހުސްކޮށް ބަހައްޓާފައި ރަށުން ބޭރަށް ދާނަމަ އިތުބާރުކުރެވޭ ޒިންމާދާރު ފަރާތަކާއި ގެ ބަލަހައްޓަން ހަވާލުކުރުމާއި ގޭގައި އެކަށީގެންވާ އަލިކަމެއް ބެހެއްޓުމުގެ އިތުރުން ގެއަށް ފަސޭހައިން ވަދެވޭގޮތަށް ހުރި ތަންތަން ރަނގަޅަށް ބަންދު ކުރުމަކީވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިއްމު ފިޔަވަޅުތަކެކެވެ. އަދި ގެއިން ބޭރުގައި ބަހައްޓާފައިވާ ބޫޓު ނުވަތަ ފައިވާން ފަދަ ތަކެތީގެ ތެރޭގައި ތަޅުދަނޑު ފަދަތަކެތި ނުބެހެއްޓުމާއި ގޭގެ އެއްވެސް ދޮރެއް ތަޅު ހަލާކުވެފަ ހުރިނަމަ ތަޅު ބަދަލުކޮށް ތަޅުދަނޑި ފަދަ ތަކެތި އިތުބާރުކުރެވޭ ޒިންމާދާރު ފަރާތެއްގެ އަތުގައި ރައްކާކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

ޗުއްޓީ ދުވަސްވަރު ރަށްރަށަށް ދަތުރު ދިއުމާއި މަސްދަތުރު ދިއުންފަދަ ކަންކަމާއި  މޫދަށް އެރި އުޅުމުގައިވެސް ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމާއި ކުޑަކުދިން އެކަނި ގޮނޑުދޮށަށް ދޫކޮށްނުލުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ސްކޫލްތަކުގެ މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ވަނީ ނިމިފައެވެ. އެހެންކަމުން ސްކޫލްތަކުގެ ކިޔެވުން ދެން ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެމާ ދޭތެރޭގައި ގިނަ ދުވަސްތަކެއް ޗުއްޓީގެ ގޮތުގައި ލިބޭއިރު، ގިނަ ފަރާތްތަކެއް ދަނީ ރާއްޖޭގެ އެކި ރަށްރަށަށާއި ރާއްޖެއިން ބޭރަށް ވެސް ދަތުރު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް