ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 16:35
މާލެޭ ފިހާރައެއްގެ އެތެރެ
މާލެޭ ފިހާރައެއްގެ އެތެރެ
ގޫގުލް
24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ
24 ގަޑިއިރަށް ވިޔަފާރި ހުއްދަ ދިނުމާއި ބެހޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ
 މަޝްވަރާ ބައްދަލުވުން އޮންނާނީ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު

24 ގަޑިއިރަށް ވިޔަފާރި ހުއްދަ ދިނުމާއި ބެހޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ނިންމައިފިއެވެ. 

 ބުދަ ދުވަހު މާލެސީޓި ކައުންސިލް އިން ނެރުނު ބަޔާނުގައިވާ ގޮތުން މަޝްވަރާ ބައްދަލުވުން އޮންނާނީ ދޭއް ޑިސެމްބަރު ވާ އަދިއްތަ ދުވަހުގެރޭ 20:30 ގައިއެވެ. މި ބައްދަލުވުން އޮންނާނީ މާފަންނުގައި ހުންނަ ކައުންސިލްގެ އޮފީހުގައިއެވެ. 

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދިނުމުގައި އަމަލުކުރާ ގޮތެއް ކަނޑައެޅުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ކަނޑައަޅާފައިވާ އުސޫލުގެ މަތިން ބައްވާ މަޝްވަރާ ބައްދަލުވުމަށް ފަހު ބައްދަލުވުމުގައި މަޝްވަރާ ކުރެވޭ ކަންތައްތައް މިނިސްޓްރީ އާއި ހިއްސާކުރައްވާނެ ކަމަށް މާލެ ސިޓީއިން މައުލޫމާތުދޭއެވެ. 

ރައިސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލް ޖުމްހުރިއްޔާ ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަންނަވާތާ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި، 30 ދުވަހުގެ ތެރެގައި ފުރިހަމަ ކުރާނެ ކަންތަކުގެ ތެރޭގައި، 24 ގަޑިއިރު އާންމު ރައްޔިތުންނަށް ވިޔަފާރި ކުރެވޭ އުސޫލު ކަނޑައެޅުން ހިމެނެ އެވެ.  ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލް ޖުމްހުރިއްޔާ ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަންނަވާތާ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި، 30 ދުވަހުގެ ތެރެގައި ފުރިހަމަ ކުރާނެ ކަންތަކުގެ ތެރޭގައި، 24 ގަޑިއިރު އާންމު ރައްޔިތުންނަށް ވިޔަފާރި ކުރެވޭ އުސޫލު ކަނޑައެޅުން ހިމެނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް