ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 13:21
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
މުހައްމަދު ޝަރުހާން
މައްސަރު ޓެކްސް
އަންހެނުންނަކީ އާމްދަނީއެއް ނުލިބޭ ބައެއްގެ ގޮތުގައި ދެކޭ ފަރާތްތަކަށް އީވާގެ ރައްދެއް
އަންހެނުންނަކީ އާމްދަނީއެއް ނުލިބޭ ބައެއްގެ ގޮތުގައި ދެކުން ހުއްޓާލަން ޖެހޭ ކަމަށް އީވާ ވިދާޅުވި
އީވާ މިހެން ވިދާޅުވީ ތުލުސްދޫ ދާއިރާގެ މެމްބަރު ވަހީދު ދެއްކެވި ވާހަކައަކާއި ގުޅިގެން
އީވާ ވިދާޅުވީ ވަޒީފާ އަދާކުރުމާއި ރާއްޖޭގެ އިޤްތިސާދު ބިނާކުރުމުގައި އަންހެނުންގެ ދައުރު ބޮޑު ކަމަށް

އަންހެނުންނަކީ އެއްވެސް މަސައްކަތެއް ނުކޮށް އަދި އާމްދަނީއެއް ނުލިބޭ ބައެއްގެ ގޮތުގައި ދެކުން ހުއްޓާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ މައްސަރު ދުވަސްވަރު އަންހެނުން ބޭނުންކުރާ ޕެޑާއި ޓެމްޕެކްސްއިން ޖީއެސްޓީ ކަނޑާލުމާ ގުޅޭގޮތުން މަޖިލީހަށް ހުށައަޅާފައިވާ ބިލާއި ގުޅޭގޮތުން ބުދަ ދުވަހު ބޭއްވި ބަހުސްގައި ތުލުސްދޫ ދާއިރާގެ މެމްބަރު ވަހީދު ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ.

ވަހީދު ވިދާޅުވެފައިވަނީ އަންހެނުންނަކީ ކޮންމެވެސް ފިރިހެނެއްގެ ބެލުމުގެ ދަށުގައި އަބަދުވެސް ހުންނަންޖެހޭ ބައެއް ކަމަށާއި، ޕެޑުން ނަގާ ޓެކްސް ކަނޑާލުމަކީ އަންހެނުންނަށް ކޮށްދޭ ކަމެއްގެ ގޮތުގައި ބެލުމަށްވުރެ މިއީ ފިރިހެނުންގެ އަތްމައްޗަށް ޚަރަދުކުރުމަށް ދެވޭ ލުޔެއްގެ ގޮތުގައި ފާހަގަކުރުން މާ މުހިއްމު ކަމަށެވެ.

މިކަމާއި ގުޅިގެން އީވާ ވިދާޅުވެފައިވަނީ ވަޒީފާ އަދާކުރުމާއި ރާއްޖޭގެ އިޤްތިސާދު ބިނާކުރުމުގައި އަންހެނުންގެ ދައުރު ބޮޑު ކަމަށާއި، އަންހެނުންނަކީ މަސައްކަތެއް ނުކޮށް، އަދި އާމްދަނީއެއް ނުލިބޭ ބައެއްގެ ގޮތުގައި ދެކެމުން އަންނަ ދެކުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި މިއީ ފިރިހެން މީހާގެ އަތްމައްޗަށް ހޯދައިދެވޭ ލުޔެކޭ ވިދާޅުވުމަކީ މިހާރު ދައްކާ ފެންވަރުގެ ވާހަކައެއް ނޫން ކަމަށްވެސް އީވާ ވިދާޅުވިއެވެ.

"މިއީ ފިރިހެން މީހާއަށް ހޯދައިދިން ލުޔެކޭ، ފިރިހެން މީހާގެ އަތްމައްޗަށް ހޯދައިދިން ލުޔެކޭ، މިއީ ދެން މިހާރު އަޅުގަނޑުމެން ދައްކާ ފެންވަރުގެ ވާހަކައެއް ނޫން،" އީވާ ވިދާޅުވިއެވެ.

މިހާތަނަށް ޕެޑުންނަގާ ޓެކްސް ކަނޑާލާފައިވާ ބައެއް ޤައުމުތަކުގެ ތެރޭގައި މެލޭޝިޔާ، ކެންޔާ އަދި އޮސްޓްރޭލިއާ ހިމެނެއެވެ. އަދި އަވައްޓެރި އިންޑިޔާއިންވެސް ދާދިފަހުން ޕެޑުން ނަގަމުން ދިޔަ 12% ޓެކްސްވަނީ އުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް
28 ނޮވެންބަރ 2018 | ބުދަ 12:06
ފައިސާ
ދުނިޔޭގައި ހުރިހާކަމެއް ފައިސާއަކުން ނުކިރޭނެއެވެ. ރަގަޅު ތަރުބިއްޔަތެއް ދެވިފައިވާ ހަރުދަނާ ބަޔަކު އުފެއްދުމަކީ އިޤްތިޞާދަށް ލިބޭ އެންމެ ބޮޑުކުރިއެރުމެވެ.