ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 14:01
ފަރަށް އަރާފައިވާ ދޯނި
ފަރަށް އަރާފައިވާ ދޯނި
އެމްއެންޑީއެފް
ފަރަށް އެރި ދޯނި
މުދާ އުފުލާ ދޯންޏެއް ކަނޑުއޮށްގިރި ކައިރީގައި އޮތް ފަރަކަށް އަރައިފި
ފަރަށް އަރާފައިވަނީ މާލެއިން ފުރައިގެން ކުޑަ ވިލިނގިއްޔައް ދަތުރުކުރި ދޯންޏެއް
މިދޯނި ފަރަށް އެރިއިރު ޖުމްލަ 3 މީހުން ދަތުރުކުރި
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވޭ

މާލެއިން ފުރައިގެން ކ.ހުރާ ކައިރީގައި އޮންނަ ކުޑަ ވިލިނގިއްޔައް ދަތުރުކުރި ދޯންޏެއް ކ.ކަނޑުއޮށްގިރި ކައިރީގައި އޮތް ފަރަކަށް އަރައިފިއެވެ.

މުދާ އުފުލާ ދޯންޏެއް ކަމަށްވާ "ނާޒް" ފަރަށް އެރުމުގެ ހާދިސާގެ މައުލޫމާތު އެމް.އެން.ޑީ.އެފް ކޯސްޓްގާރޑްގެ މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ބުދަ ދުވަހުގެ ހެނދުނު 07:55 ހާއިރުއެވެ. އަދި އެކަމާއި ގުޅިގެން ކޯސްޓް ގާރޑްއިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް އެމް.އެން.ޑީ.އެފްއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

65 ފޫޓްގެ މިދޯނި ފަރަށް އެރިއިރު ޖުމްލަ 3 މީހުން ދަތުރުކުރިއެވެ. އޭގެ ތެރޭގައި ދިވެއްސަކާއި ދެ ބިދޭސީން ހިމެނޭކަމަށާއި، މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމް.އެން.ޑީ.އެފް އިން ބުންޏެވެ..

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް