ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 16:19
މަރުތައް ތަހްގީގް ކުރާ ކޮމިޝަނާ ރައީސް ސޯލިހް ބައްދަލު ކުރައްވަނީ
މަރުތައް ތަހްގީގް ކުރާ ކޮމިޝަނާ ރައީސް ސޯލިހް ބައްދަލު ކުރައްވަނީ
ރައީސް އޮފީސް
މަރުތައް ތަހުގީގު ކުރާ ކޮމިޝަން
މަރުތަކުގެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ރިޔާސީ ކޮމިޝަނުން ހުޅުވާލައިފި
އަންނަ މަހުގެ 26 ގެ ނިޔަލަށް މައްސަލަ ހުށަހެޅޭނެ
މައްސަލަ ހުށަހަޅާނީ ޣާޒީބިލްޑިންގގެ ތިރީބައިގައިވާ އެ ކޮމިޝަނަށް

ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން އެފުރުސަތު ހުޅުވާލައި ސަރުކާރުގެ ގެޒެޓްގައި ޢާއްމު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނަކީ، 2012 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 ގެ ނިޔަލަށް ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި، އެ މައްސަލަތަކުގެ ޙަޤީޤަތް ހޯދައި އިންސާފު ހޯދައިދިނުމުގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނެއް ކަމަށެވެ.

އެހެންކަމުން 2012 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދުގެ މުއްދަތުގެ ތެރޭގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރިވެގެން ތަޙްޤީޤު ނުކުރެވި، ނުވަތަ އެކަށީގެންވާ މިންވަރަށް ތަޙްޤީޤު ނުކުރެވި ހުރި މައްސަލަތަކެއް ހުރިކަމަށް ފާހަގަ ކުރެއްވޭނަމަ، އެ މައްސަލަތަކުގެ މަޢުލޫމާތު 26 ނޮވެންބަރު 2018 ދުވަހުން ފެށިގެން

30 ދުވަހުގެތެރޭގައި ލިއުމަކުން އެ ކޮމިޝަނަށް ހުށަހަޅުއްވައި ދެއްވުން އެދޭ ކަމަށެވެ. އަދި ކޮމިޝަނަށް ހުށަހަޅުއްވާ މައްސަލަތައް ފޮނުއްވާނީ، މި ކޮމިޝަނަށް އެޑްރެސްކޮށް، ޣާޒީބިލްޑިންގގެ ތިރީބައިގައިވާ އެ ކޮމިޝަނަށް ކަމަށްވެސް ވަނީ އެއިއުލާނުގައި ބުނެފައެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އުފައްދަވައި މިމަހުގެ 21 ވަނަ ދުވަހު ފަތްކޮޅު ދެއްވި އެކޮމިޝަންގައި ހިމެނެނީ ކުރީގެ ބަންޑާރަނައިބު ސ. މީދޫ ހަސަންކާރިގެ، ޙުސްނުއްސުޢޫދު، ހ މާފިޔަ ޢަބްދުﷲ މުނާޒް، ގ.ޑިމްލައިޓް އާދަމް އިބްރާހީމް، ގ.ޑިމްލައިޓް، ގދ. ފަރެސްމާތޮޑާ މާތޮޑާ އަވަށް ބަގީޗާގޭ ފަރީޝާ ޢަބްދުﷲ އަދި ގދ ރަތަފަންދޫ ބަހާރީވިލާ، މިޞްބާޙް ޢައްބާސް އެވެ. ކޮމިޝަންގެ ރައީސަކީ ހުސްނުއް ސުއޫދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް