ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 22:59
ފަސްޓް ލޭޑީ ފަޒްނާ އަހްމަދު
ފަސްޓް ލޭޑީ ފަޒްނާ އަހްމަދު
ރާއްޖެ އޮންލައިން
ފަސްޓް ލޭޑީ
ދުނިޔެ ރަނގަޅު ތަނަކަށް ހެދުމަށް އެންމެންވެސް މަސައްކަތްކުރަންވާނެ: ފަސްޓް ލޭޑީ
ކޭމްޕްގައި 38 ސްކޫލަކުން 250 ވުރެ ގިނަކުދިން ބައިވެރިވި

ދުނިޔެ ރަނގަޅުތަނަކަށް ހެދުމުގައި ހުރިހާ އެންމެން ވެސް ގަދައަޅައި މަސައްކަތް ކުރަން ވާނެކަމަށް ފަސްޓް ލޭޑީ އަދި ޗީފް ގައިޑް ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ 20 ވަނަ ނޭޝަނަލް ޕެޓްރަލް ލީޑާސް ޓްރެއިނިންގް ކޭންޕް އިފްތިތާހް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ ކޭމްޕްގެ ތެރެއިން ވަރަށް ގިނަ މައުލޫމާތާއި ހުނަރު ދަސްވެގެން ދާނެކަމަށެވެ. މީގެ އިތުރުން އެކަމަނާ ވަނީ ކޭމްޕްގެ ބައިވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަދައްކަވައި ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވިދާނެ ކަންތައްތައް ކިޔައިދެއްވާ ރީތިބަހުން ވާހަކަ ދެއްކުމަށް ނަސޭހަތް ދެއްވާފައެވެ. އެކަމަނާ ވަނީ ކޮންމެދުވަހެއްގެ ނިމުމުގެ ކުރިން ރަނގަޅު ކަންކަން ކުރެވިފައި ހުރި މިންވަރު އަޅައި ކިޔަންޖެހޭކަމުގައި ވިދާޅުވެފައެވެ.

ނޭޝަނަލް ޕެޓްރަލް ލީޑާސް ޓްރެއިނިންގް ކޭންޕަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން ގެންދާ ތަމްރީން ޕްރޮގްރާމެކެވެ. އެގޮތުން މިއަހަރުގެ ޕްރޮގުރާމްގައި 38 ސްކޫލަކުން 250 ވުރެ ގިނަކުދިން ބައިވެރި ވެފައިވާކަމަށް ގާރލް ގައިޑް އެސޯސިއޭޝަނުން މައުލޫމާތު ދިނެވެ. މިއީ 4 ދުވަހަށް "މާފުށީ އެޑިއުކޭޝަނަލް ޓްރެއިނިންގް ސެންޓަރ ފޮރ ޗިލްޑްރެން" (އީ.ޓީ.ސީ.ސީ) ގައި ކުރިޔަށްދާ ކޭމްޕެކެވެ. ކޭންޕް އިފްތިތާހުކުރި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒްނާ އިބްރާހިމްގެ އިތުރުން އެޑިޔުކޭޝަން މިނިސްޓަރ ޑރ ޢާއިޝަތު ޢަލީ ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް