ކ. މާލެ
|
27 ނޮވެންބަރ 2018 | އަންގާރަ 22:16
ޖުނައިދަށް 2015 ވަނަ އަހަރު ކަސްޓަމްގެ އިސް މަގާމު ހަވާލު ކުރި ރަސްމިއްޔާތުގެ ތެރެއިން
ޖުނައިދަށް 2015 ވަނަ އަހަރު ކަސްޓަމްގެ އިސް މަގާމު ހަވާލު ކުރި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ޖުނައިދު
ކަސްޓަމްސްގެ ކޮމިޝަނަރުކަމުން ޖުނައިދު އިސްތިއުފާ ދެއްވައިފި
ިއިސްތިއުފާ ދެއްވުމަށްފަހު ޖުނައިދު ވަނީ އެމްޑީޕީ އަށް ސޮއިކުރައްވާފައި

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން މުހައްމަދު ޖުނައިދު އިސްތިއުފާ ދެއްވައިފިއެވެ.

ޖުނައިދު ކޮމިޝަނަރ ޖެނެރަލްގެ މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު އޭނާ ވަނީ މޯލްޑިވިއަން ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކުރައްވާފައެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޖުނައިދު ވިދާޅުވީ އޭނާ މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މަރަދޫ ދާއިރާއަށް ވާދަކުރައްވާ އިމާދު ސޯލިހަށް ކެމްޕެއިން ކޮށްދެއްވުމަށް ކަމަށެވެ.

ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމަށް 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޖުނައިދު ވަނީ އައްޔަން ކޮށްފައެވެ. ނަމަވެސް 2016 ވަނަ އަހަރުގެ އޭޕްރީލް މަހު އޭނާ ވަނީ އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ބަދަލުކޮށްފައެވެ. އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭގެ ފަހުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވަނީ 2018 ވަނަ އަހަރުގެ ޖޫން މަހު، ޖުނައިދު ކޮމިޝަނާ ޖެނަރަލްގެ މަޤާމަށް އައްޔަން ކުރައްވާފައެވެ. 

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވުމަށް ފަހު، ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ސަރުކާރުގެ ހަރަކާތްތަކާއި ޕީޕީއެމްގެ ހަރަކާތްތަކުން އޭނާ ވަނީ ފެއަށް ޖެހިވަޑައިގެންފައެވެ. އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާއި އެހެނިހެން އިސް ބޭފުޅުންގެ ނުފޫޒުން ކަމަށްވެއެވެ.

ޖުނައިދު އެމްޕީއެލްގައި ހުންނެވި އިރު ތެލުގެ ބޮޑު ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވި އިރު ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ކުންފުނި މެރީޑިއަމްގެ މައްޗަށް ބޮޑެތި ތުހުމަތުތައް ޖުނައިދު ކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް