ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 20:55
ނާއިބު ރައީސް ފައިސަލް ނަސީމް އޭ.ޑީ.ކޭ. ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުން
ނާއިބު ރައީސް ފައިސަލް ނަސީމް އޭ.ޑީ.ކޭ. ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުން
ރައީސް އޮފީސް
ނައިބު ރައީސް ފައިސަލް
ނާއިބު ރައީސް ތިން ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި
ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރެއްވީ ހޮސްޕިޓަލްތަކުގެ މަސައްކަތް ބައްލަވާލެއްވުމަށް

ނާއިބު ރައީސް ފައިސަލް ނަސީމް މާލޭގެ ތިން ހޮސްޕިޓަލަށް އަންގާރަ ދުވަހު ޒިޔާރަތް ކުރައްވައިފިއެވެ.

އެމަނިކުފާނު ޒިޔާރަތް ކުރައްވާފައި ވަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލާއި އޭ.ޑީ.ކޭ. ހޮސްޕިޓަލުގެ އިތުރުން ވިލިމާލޭ ހޮސްޕިޓަލަށެވެ.

ރައީސް އޮފީހުން ބުނީ ނާއިބު ރައީސް އެ ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރެއްވީ ހޮސްޕިޓަލްތަކުގެ އެކި ޑިޕާރޓްމަންޓް ތަކުގައި މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވާލެއްވުމަށް ކަމަށެވެ.

ނާއިބު ރައީސް ފައިސަލް ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރައްވާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވެސް ވަނީ މާލޭގެ ހޮސްޕިޓަލްތަކުގެ ޙާލަތު ބައްލަވާލައްވާފައެވެ. މިދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރުކަމަށް ވުމުން ގިނަ އަދަދެއްގެ ރައްޔިތުން އެކި ރަށްރަށުން ބޭސް ފަރުވާއަށް މާލެއަށް އަންނަމުން ދެއެވެ.

ނާއިބު ރައީސް ފައިސަލް މިވަގުތު ހުންނެވީ ސޯޝަލް ކައުންސިލްގެ ވެސް ޗެއަރގެ ގޮތުގައެވެ. 

ދާދި ފަހުން އެމަނިކުފާނު ވަނީ އަމިއްލަ ފަރާތަކުން އިންތިޒާމު ކޮށްގެން ހއ. ދިއްދޫގައި ބޭއްވި ޤުރުއާން މުބާރާތެއްގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް