ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 21:36
ކެބިނެޓް ބައްދަލުވުމުގެ ތެރެއިން
ކެބިނެޓް ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ވަޒީރުންގެ މަޖިލިސް
އިކޮނޮމިކް ކައުންސިލަށާއި، ސޯޝަލް ކައުންސިލަށް މެންބަރުން ޢައްޔަނު ކުރައްވައިފި
އިކޮނޮމިކް ކައުންސިލްގެ ޗެއަރ ކަން ކުރައްވަނީ ރައީސް ސޯލިހް
ސޯޝަލް ކައުންސިލްގެ ޗެއަރކަން ކުރައްވަނީ ނައިބް ރައީސް ފައިސަލް

"އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް"ގެ ނަން "އިކޮނޮމިކް ކައުންސިލް" އަށް ބަދަލު ކުރައްވައި، އިކޮނޮމިކް ކައުންސިލަށާއި، ސޯޝަލް ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ އަލުން މެންބަރުން ޢައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އިކޮނޮމިކް ކައުންސިލްގެ ރިޔާސަތު ބަލަހައްޓަ ވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ކަމަށެވެ. އަދި، ސޯޝަލް ކައުންސިލްގެ ރިޔާސަތު ބަލަހައްޓަ ވާނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ކަމަށެވެ. 

އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ:

  1. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަލީ ޝިޔާމް (ކޯޗެއަރ)
  2. މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު
  3. މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
  4. މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލް
  5. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ   
  6. މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު    
  7. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް 
  8. މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު    
  9. މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު ޢާޠިފާ
  10. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން

ސޯޝަލް ކައުންސިލްގައި ހިިމެނިވަޑައިގަންނަވަނީ:

  1. ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ (ކޯޗެއަރ)
  2. މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ    
  3. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން
  4. މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން     
  5. މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ 
  6. މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން    
  7. މިނިސްޓަރ އޮފް އިސްލާމީކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު  
  8. މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް    
  9. މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް 

ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ދެ ބަޔަކަށް ބަހާލައި، މުހިންމު ނިންމުންތައް ނިންމާގޮތަށް ކައުންސިލްތައް އުފައްދާފައި ވަނީ ކުުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ދެ ކައުންސިލް އުފައްދަވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް