ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 03:07
އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން
އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ވަޒީރުންގެ މަޖިލިސް
ސިޓީ ކައުންސިލްތަކަށް ބާރުތައް ދިނުމުގެ މަސައްކަތް އަވަސްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
އެގޮތަށް ނިންމީ މިއަދު ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި

ސިޓީ ކައުންސިލްތަކުން ނަގާފައިވާ ބާރުތައް އެ ކައުންސިލްތަކަށް އަނބުރާ ދިނުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް ވީހާވެސް އަވަހަކަށް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.

ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމަވާފައިވަނީ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ދެ ވަނަ ބައްދަލުވުމުގައެވެ.

ވަޒީރުންގެ މަޖިލީހުގެ އެ ޖަލްސާގައި، ސިޓީ ކައުންސިލްތަކުން ނަގާފައިވާ ބާރުތައް އެ ކައުންސިލްތަކަށް އަނބުރާ ދިނުމަށްޓަކައި ސަރުކާރުގެ މިނިސްޓްރީތަކުން އެކަން ކުރެއްވޭނެ ގޮތްތަކެއް ކަނޑައަޅުއްވައި، އެކަންކަން ކުރެވޭނެ މަރުހަލާތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތަކުގެ ތެރޭގައިވެސް ކައުންސިލްތައް ބާރުވެރިކުރުވުން ހިމެނޭއިރު، އެމަނިކުފާނުގެ ސަރުކާރުން ރާއްޖެ ތަރައްޤީކުރަނީ ކައުންސިލްތައް ބާރުވެރިކުރުވައިގެންކަމަށް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެ ތެރޭގައިވެސް ކައުުންސިލްތަކަށް އަލުން އަނބުރާ ބަރުތައް ދީ، ކައުންސިލްތައް ބާރުވެރިކުރުވުން ހިިމެނެ އެވެ. 

ރައްޔިތުން ވެރިކަމުން ދުރުކުރި އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، ސިޓީ ކައުންސިލްގެ ހުރިހާ މަސައްކަތްތަކެއް ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. ޔާމީން ވެރިކަމުން ދުރަށް ވަޑައިގެންނެވިއިރު ސިޓީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި އެއްވެސް ކަމެއް ނެތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް