ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 21:04
މުސްތަފާ ލުތުފީއަށް މަގާމުގެ ފަތްކޮޅު އެރުވުނު ރަސްމިއްޔާތުގެ ތެރެއިން
މުސްތަފާ ލުތުފީއަށް މަގާމުގެ ފަތްކޮޅު އެރުވުނު ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ރައީސް އޮފީސް
މިނިސްޓަރު ފެންވަރުގައި މުސްތަފާ ލުތުފީއަށް އެޑްވައިޒަރުކަން ދެއްވައިފި
އިންފްރާސްޓްރަކްޗަރގެ ސްޓޭޓަކަށް ޝިފާޒު އަލީ

ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އަދި ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުސްތަފާ ލުތުފީ މިނިސްޓަރު ފެންވަރުގައި އެޑްވައިޒަރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މުސްތަފާ ލުތުފީއަށް ދެއްވާފައި ވަނީ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީގެ މަޤާމު ކަމަށެވެ.

މީގެ އިތުރުން ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝިފާޒް އަލީ އައްޔަންކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ ދެ ބޭފުޅުން މަޤާމަށް ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ އަންގާރަ ދުވަހު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް