ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 23:18
އިޒްރާއިލްގެ ސިފައިން ހައްޔަރު ކުރި ކުޑަކުއްޖާ
އިޒްރާއިލްގެ ސިފައިން ހައްޔަރު ކުރި ކުޑަކުއްޖާ
މުހައްމަދު ޝަރުހާން
އިޒްރާއިލުގެ މަޝްރަހު
އިޒްރޭލުގެ ސިފައިންގެ ބޮޑު ފައުޖަކުން ފަލަސްތީނުގެ ކުޑަކުއްޖަކު ހައްޔަރު ކޮށްފި
ކުޑަކުއްޖާ އިޒްރާއިލްގެ ފައުޖަކުން ހައްޔަރުކުރާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރު ވަމުންދޭ
އިޒްރާއީލުން ދާދި ފަހުންވެސް ވަނީ ހަމާސްގެ ޖަގަހަތަކަށް ކަމަށް ބުނެ ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފަ

ހަތިޔާރު އެޅި އިޒްރޭލުގެ ސިފައިންގެ ބޮޑު ފައުޖަކުން އުމުރުން ފަސް އަހަރުގެ ފަލަސްތީނުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

އިޒްރޭލުން ހިފާފައިވާ ހިބްރޫން އިން އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެކުޑަ ކުއްޖާ ހިފައި ހައްޔަރު ކޮށްފައިވާއިރު، ހައްޔަރުކުރީ ކީއްވެގެންކަން ހާމައެއް ނުކުރެއެވެ.

އެ ކުއްޖާ ހައްޔަރުކުރާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު، ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. 
އިޒްރޭލު ސިފައިން އެ ކުއްޖާ ވަގަށް ނަގާފައިވާ ކަމަށާއި އިޒްރޭލު ސިފައިންނަކީ ފިނޑިންކަމަށް ފަލަސްތީނުގެ އާންމުން ދަނީ ބުނަމުންނެވެ

އިޒްރާއީލުން ދާދި ފަހުން ވެސް ވަނީ ހަމާސް ޖަމާއަތުގެ ތަންތަނަށް ކަމަށް ބުނެ ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެއީ 2014 ވަނަ އަހަރުގެ ފަހުން އިޒްރޭލުން ދިން އެންމެ ވަރުގަދަ ހަމަލާތަކަށް ކަމަށް ރިޕޯޓްތައް ބުނާއިރު އިޒްރޭލުން ދިނީ ރޮކެޓް ހަމަލާތަކެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު މިއަހަރުގެ ޖުލައިމަހު ވެސް އިޒްރާއީލު ސިފައިން ވަނީ ޝަހީދު ކޮށްލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް