ކ. މާލެ
|
27 ނޮވެންބަރ 2018 | އަންގާރަ 09:32
އަމީތު އަދި އަބްދުﷲ ޖޭޕީއަށް ސޮއިކުރެއްވުން
އަމީތު އަދި އަބްދުﷲ ޖޭޕީއަށް ސޮއިކުރެއްވުން
ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުން
މެމްބަރު އަމީތު އަދި އަބްދުﷲ ވެސް ޖޭޕީއަށް ސޮއިކުރައްވައިފި
އަމީތު އަދި އަބްދުﷲ ކުރިން މަސައްކަތްކުރެއްވީ ޕީޕީއެމްގައި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުވެސް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

މެމްބަރު އަމީތު އަދި އަބްދުﷲ ޖޭޕީއަށް ސޮއިކުރެއްވި ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ، މެމްބަރު އަމީތު އަދި އަބްދުﷲ ޖޭޕީއަށް ގުޅިވަޑައިގަތުމަކީ ޕާޓީ އަށް ލިބިގެންދާ ބޮޑު އުފަލެއް ކަމަށާއި، މިކަމުގެ ސަބަބުން ޕާޓީއަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

މެމްބަރު އަމީތު މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ ޕީޕީއެމް ޓިކެޓުގައެވެ. 

މެމްބަރު އަބްދުﷲ ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބެވެވަޑައިގެންނެވިއިރު، އެ ޕާޓީ ދޫކުރައްވާ ޕީޕީއެމްގައި ވެސް ވަނީ މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އަބްދުﷲ ވަނީ ޕީޕީއެމުން ވަކި ކުރައްވާފައެވެ. އޭގެ ފަހުން އަބްދުﷲ އެއްވެސް ޕާޓީއަކަށް ސޮއިކުރައްވާފައެއް ނުވެއެވެ.  

މަޖިލިސް އިންތިހާބު ކައިރިވެފައި ވަނިކޮށް، ޖޭޕީ އަށް މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން އަންނަނީ ގުޅިވަޑައިގަންނަމުނެނެވެ. އަމީތު އަދި އަބްދުﷲ އާއެކު މަޖިލީހުގައި މިހާރު ޖޭޕީގެ 16 މެމްބަރުން ތިއްބަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް