ކ. މާލެ
|
27 ނޮވެންބަރ 2018 | އަންގާރަ 07:27
ގދ.ވާދޫ
ގދ.ވާދޫ
ގޫގުލް
ކުއްޖަކު ވިހެއުމަށްފަހު އެއްލާލުން
ވާދޫގައި ކުއްޖަކު ވިހެއުމަށްފަހު އެއްލާލި މައްސަލައެއް ބަލަނީ!
އެ ކުއްޖާ އޮތީ ކަޅު ބާދިލީއެއްގެ ތެރެއަށް ލައިފައި

ގދ. ވާދޫގައި ވިހެއުމަށްފަހު ތުއްތު ކުއްޖަކު އެއްލާލާފައިވާ މައްސަލައެއް ފުލުހުންނާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް އިން ބަލަން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ވާދޫގައި އަންހެނަކު ކުއްޖެއް ވިހެއުމަށްފަހު އެއްލާލާފައިވާ މައްސަލައެއްގެ ރިޕޯޓު ލިބުމާއެކު ފުލުހުންނާއި އެ މިނިސްޓްރީން އެކަން ބަލަމުންދާ ކަމަށެވެ.

އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުއްޖާގެ އާއިލާ އާއި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން ކުއްޖާގެ ހުރުމަތަށާއި، ކަމުގެ ހައްސާސްކަމަށް ރިޔާއަތްކޮށް، މީޑިއާ އާއި މީސްމީޑިއާގައި އެ ކުއްޖާގެ އެއްވެސް ފޮޓޯއެއް ޝާއިރު ނުކުރުމަށް ޖެންޑާ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ވާދޫގައި ވިހެއުމަށްފަހު އެއްލާލާފައިވާ ކުއްޖާގެ ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ކުއްޖާ އޮތީ ކަޅު ބާދިލީއެއްގެ ތެރެއަށް ލައިފަ އެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނަމުން ދަނީ، އެ ކުއްޖާ ވިހެއުމަށް ފަހު މަރައިލާފައިވާ ކަމަށެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެ ކަން ކަށަވަރުވާ ގޮތެއް ނުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް