ކ. މާލެ
|
27 ނޮވެންބަރ 2018 | އަންގާރަ 01:38
އެންސީއައިޓީ ހިންގި އިމާރާތުގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަހީލު ޖަމާލު
އެންސީއައިޓީ ހިންގި އިމާރާތުގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަހީލު ޖަމާލު
ރާއްޖެ އެމްވީ
ސައިންސް މިނިސްޓްރީ
އެންސީއައިޓީގެ އިމާރާތުގައި, އަލަށް އުފެއްދި ސައިންސް މިނިސްޓްރީ ހިންގަން ފަށައިފި
އެންސީއައިޓީ ހިންގި އިމާރާތް ހުރީ މަރާމާތައް ބޭނުންވެފައި

މަރާމާތަށް ބޭނުންވެފައި ހުރި ނެޝަނަލް ސެންޓަރ ފޯ، އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ އިމާރާތުގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ ހިންގަން ފަށައިފިއެވެ.

ސަރުކާރުން އަލަށް އުފެއްދި ވުޒާރާ، ސައިންސް މިނިސްޓްރީ އެން.ސީ.އައި.ޓީ. އިމާރާތުގައި ހިންގަން ފަށާފައި ވަނީ އެތަނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މަރާމާތަށް ބޭނުންވެފައި ވަނިކޮށެވެ.

އެ ވުޒާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ހޯމަ ދުވަހު ވަނީ އެމިނިސްޓްރީ ހުރި ހާލަތު ނޫސްވެރިންނަށް ދައްކަވާލައްވާފައެވެ. ނޫސްވެރިންނަށް ދައްކާލި އެންސީއައިޓީގެ ބައެއް ތަންތަން ވަނީ މުވައްޒަފުންގެ މަސައްކަތުގެ މާހައުލަށް ދަތިވާ ވަރަށް ހަލާކުވެ، ބޭނުން ނުކުރެވޭ ވަރުވެފައެވެ.

މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން މަލީހު ވިދާޅުވީ އެން.ސީ.އައި.ޓީ.އަކީ ކުޑަ ވަގުތު ކޮޅަކަށް ހުއްޓުނަސް، ސަރުކާރުގެ ހިންގުމަށް ބުރޫއަރާނެ އިދާރާއެއް ކަމަށާއި ނަމަވެސް އެތަނުގައި މަސައްކަތް ކުރާނެ އެކަށީގެންވާ މާހައުލެއް ނެތް ކަމަށެވެ.

"ސަރުކާރުގެ ޖެމްސް ނިޒާމަށް ބެލިކަމުގައި ވިޔަސް، ރާޢްޖެއަށް އެތެރެވާ މީހުންނާ ގުޅޭ ނިޒާމަށް ބެލިކަމުގައި ވިޔަސް، މިއީ 24 ގަޑިއިރު އެލާޓުގައި މަސައްކަތް ކުރައްވަންޖެހޭ މުވައްޒަފުން. މިތަނުގައި ތިބީ ވަރަށް ހައި ޓެކް ކުދިންތަކެއް. އެހެންވީމަ އެ ކުދިން މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ގާއިމު ކުރުމަކީ އަޅުގަނޑުމެންގެ އަމާޒެއް،" މަލީހު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް