ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 22:16
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޕީޕަލް މެގަޒިން
ކުރީގެ ރައީސް މައުމޫން
ކުރީގެ ރައީސް ނަޝީދު މިނިވަން ވުމުން އުފާވެއްޖެ: މައުމޫން
ނަޝީދު މިނިވަން ވުމުން ވަރަށް ބޮޑަށް އުފާކުރެއްވި ކަމަށް ވިދާޅުވި
ގައުމުގައި އިންސާފް ގާއިމް ވެގެން ގޮސްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ވުމުން ވަރަށް ބޮޑަށް އުފާފުޅު ވެއްޖެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ނަޝީދު މިނިވަންވެވަޑައިގަތުމުން ކުރީގެ ރައީސް މައުމޫން ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމާ ވަރަށް އުފާކުރައްވާ ކަމަށާއި އިންސާފް ގާއިމް ވެގެން ގޮސްފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގައި ކުރީގެ ރައީސް ނަޝީދުގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންވެސް އިއްތިފާގުން އިއްވި ޙުކުމުގައި ވިދާޅުވީ، ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އުފުލި ޓެރަރިޒަމްގެ ދައުވާ ސުޕްރީމް ކޯޓަށް ބަލައިގެންފައި ވަނީ ޤާނޫނާއި ޝަރުޢީ ހަމަތަކުގެ މަތިން ކަމަށް ނުވާތީ އެ ޙުކުމް ބާތިލް ކުރީ ކަމަށެވެ.

ނަޝީދު މިނިވަންވީ، އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގަށް ނަގާ، ރަހީނު ކުރި ކަން ސާބިތުވެގެން ކްރިމިނަލް ކޯޓުން ނަޝީދުގެ މައްޗަށް އިއްވާފައި އޮތް 13 އަހަރުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ ނަޝީދު ޖަލަށްލި މައްސަލަ އަލުން ބަލައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.

ނަޝީދުގެ މައްޗަށް އިއްވި ހުކުމް މުރާޖައާކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، އެ މައްސަލަ އެ ކޯޓުގައި ބައްލަވާފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް