ކ. މާލެ
|
27 ނޮވެންބަރ 2018 | އަންގާރަ 21:25
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
މުހައްމަދު ޝަރުހާން
ރައީސް މުޙައްމަދު ނަޝީދު
ސިޔާސީ ހަޔާތް އަދި ނުނިމޭ: ރައީސް ނަޝީދު
ސިޔާސީ ހަރަކާތް ކުރިއަށް ގެންދާނަން

އެމަނިކުފާނުގެ ސިޔާސީ ހަޔާތް ނިމުނު ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވިދާޅުވެއްޖެއެވެ.

ނުޙައްޤުން އިއްވި 13 އަހަރުގެ ޖަލު ހުކުމް ބާތިލުކުރި އަޑު އެހުމަށްފަހު، ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ ސިޔާސީ ހަޔާތް މިހާ ހިސާބުން ނިމުނީ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ މަސައްކަތާއި ދުރަށް ވަޑައި ނުގަންނަވާނެ ކަމަށާއި ގާނޫނީ ގޮތުން ރާއްޖޭގައި ހުރި މުއައްސަސާތައް މެދުވެރިކޮށްގެން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"މި ވަގުތަށް ހުރި ސިޔާސީ މަސައްކަތަކީ ކޮބައިތޯ ތި ބޭފުޅުން ތި މިނާ ކިރާ ހައްދަވަނީ. އަޅުގަނޑުމެން ވެސް މަސައްކަތް ކުރަމުން ދާނީ ގާނޫނީ ގޮތުން މި ރާއްޖޭގައި ހުރި މުއައްސަސާތައް މެދުވެރިކޮށްގެން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ މަނިކުފާނު މިނިވަންވެ ވަޑައިގެންފައި ވަނީ ރައްޔިތުން ކުރި ބުރަ މަސައްކަތާއި ރައްޔިތުންގެ ހިތްވަރުން ކަމަށެވެ.

ނަޝީދުގެ މައްޗަށް ނުޙައްޤުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލުކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ނަޝީދުގެ މައްޗަށް އިއްވި ހުކުމް މުރާޖަޢާ ކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި އިރު، އެ މައްސަލަ އެ ކޯޓުގައި ބައްލަވާފައި ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފު އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

ހަވާ ފަޓާސް ބަރިއެއް ހެން ކުރިއަށް ގެންގޮސް ނިންމާލި ޝަރީއަތްތައް، ދައުލަތުން ވަނީ ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފް ކޮށްފަ އެވެ. ހައި ކޯޓުންނާއި ސުޕްރީމް ކޯޓުން އޭރު ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ނު ޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް