ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 22:05
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް
މުހައްމަދު ޝަރުހާން
އައިޖީއެމްއެޗް
ރެޖިސްޓާޑް ނަރުހުން ހޯދަން އިއުލާނު ކޮށްފި
އިއުލާނު ކޮށްފައިވަނީ ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރާނެ 20 ރެޖިސްޓާޑް ނަރުހުން ހޯދަން
މުސާރަ ކަނޑައެޅޭނީ މަސައްކަތްކުރާ ގަޑިއަށް ބެލުމަށްފަހު

އައިޖީއެމްއެޗްގައި ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރާނެ ރެޖިސްޓާޑް ނަރުހުން ހޯދަން އިއުލާނުކޮށްފިއެވެ.

އައިޖީއެމްއެޗުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރާނެ 20 ރެޖިސްޓާޑް ނަރުހުން ބޭނުންވާ ކަމަށާއި، މިއުސޫލުން މަސައްކަތްކުރާ ފަރާތްތަކުން ދުވާލަކު 8 ގަޑިއިރު, ހަފްތާއަކު 5 ދުވަހު މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެފަރާތްތަކުގެ މުސާރަ ކަނޑައެޅޭނީ މަސައްކަތްކުރާ ގަޑިއަށް ބެލުމަށްފަހު ކަމަށް އިއުލާނުގައިވެއެވެ.

މިއިއުލާނުގައި އިތުރަށް ބުނެފައިވަނީ މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަކީ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ، ނާސިން ދާއިރާއިން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލު ކޮށްފައިވާ ފަރާތްތަކަށް ވާންޖެހޭ ކަމަށެވެ.

މިމަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ހުރިހާ ލިޔެ ކިޔުމެއް ޑިސެންބަރު މަހުގެ ދެވަނަ ދުވަހުގެ 13:00 ގެ ކުރިން އައިޖީއެމްއެޗުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށަހަޅަން ޖެހޭ ކަމަށް ވެސް އައިޖީއެމްއެޗްގެ މިބަޔާނުގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް