ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 12:13
އުމްރާ ދަތުރުވެރިން ފުލުހުންގެ މައި އިދާރާގައި -- ރާއްޖެއެމްވީ
އުމްރާ ދަތުރުވެރިން ފުލުހުންގެ މައި އިދާރާގައި -- ރާއްޖެއެމްވީ
ރާއްޖެއެމްވީ
އުމްރާ ދަތުރު
167 ވަގު ޓިކެޓް ވިއްކި މައްސަލާގައި ކުންފުނީގެ ވެރިޔާ ހައްޔަރުކޮށްފި
މިމައްސަލާގައި ހައްޔަރުކުރީ ސަމްހާ ކުންފުނީގެ ވެރިޔާ
އޭނާ ހައްޔަރުކުރީ ލަންކާއަށް ފުރަން މަސައްކަތް ކުރަނިކޮށް
މިމައްސަލާއާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ނުލިބޭ

އަސްކޮއި ޖަމާއަތުގެ ފަރާތުން ނޮވެމްބަރު އަދި ޑިސެމްބަރ މަހުގައި އުމްރާއަށް ދާން ފައިސާ ދެއްކި މީހުންގެ ތެރެއިން 167 މީހުންގެ ޓިކެޓު އޮޅުވާލި މައްސަލާގައި އެ ގްރޫޕަށް ޓިކެޓް ވިއްކި ސަމްހާ އިންޓަނޭޝަނަލް ކުންފުނީގެ ވެރިޔާ ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމައްސަލާގައި ހައްޔަރު ކޮށްފައިވަނީ، ސަމްހާ އިންޓަނޭޝަނަލް ކުންފުނީގެ ވެރިޔާ ކ. ގުޅި ރޯޒްމީޑް، ހަސަން ނިޝާނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު ސްރީލަންކާ އަށް ފުރަން މަސައްކަތް ކުރަނިކޮށް އައްޑޫ އިންނެވެ.

ނަމަވެސް މިމައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިސަރު ފޯނުނަންގަވާތީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ވަގު ޓިކެޓްތަކެއް ވިއްކާފައިވާ އެނގުނީ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:00 ގައި 48 މީހުން ފުރުމަށް އެއާޕޯޓަށް ދިއުމުންނެވެ. އަދި އެއާރޕޯޓަށް ދަތުރުވެރިން ދިޔުމުން ޓިކެޓު ނަގާފައި ނެތްކަމަށް އެއަރލައިނުން ބުނުމުން ފުރޭ ގޮތް ވެސް ވަނީ ނުވެފައެވެ.

އަސްކޮއި ޖަމާއަތުން ބުނީ ޓިކެޓް ނެގުމުގައި ބޮޑު އޮޅުވާލުމެއްވާ ކަމަށާއި ޓިކެޓް ނަގާފައިވަނީ ސަމްހާ އިންޓަނޭޝަނަލް މެދުވެރިކޮށްކަމަށެވެ.

އަސްކޮއި ޖަމާއަތުގެ ފަރާތުން އާދިއްތަ ދުވަހުގެ ހެނދުނު ވަނީ 48 މީހުން ފުރާފައެވެ. މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެ ޖަމާއަތުން ބުނީ އާދިއްތަ ދުވަހުގެ އިރުއޮއްސި 6 ޖެހުމުގެ ކުރިން ޓިކެޓައްވާ ފައިސާ ދައްކާނެ ކަމަށާއި، މި ހަފްތާ ފަހުކޮޅު އެ އެންމެންނަށް ވެސް ފުރޭނެ ގޮތް ހަމަޖެހޭނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
26 ނޮވެންބަރ 2018 | ހޯމަ 16:57
ނާނާާނާނާ
ނިމުނު 5 އަހަރަކީ ވަގުން ތަމްރީނުކުރި 5 އަހަރު.
26 ނޮވެންބަރ 2018 | ހޯމަ 07:59
dd
Mulhi gaumuga vagun