ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 12:07
ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވަނީ.
ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވަނީ.
ޓްވިޓަރ
ރައީސް ސޯލިހު
ރައީސް ސޯލިހު އަންނަ މަހުގެ ތެރޭގައި އިންޑިއާއަށް ވަޑައިގަންނަވަނީ
ރައީސް ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގެންނެވި
ރައީސް ސޯލިހު އިންޑިއާ އަށް ވަޑައިގަންނަވާނެކަމަށް ރަސްމީކޮށް ހާމަނުކުރައްވާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ މަހުގެ ތެރޭގައި އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ އެކްސްޓާނަލް އެފެއާޒަ މިނިސްޓަރ ސުޝްމާ ސުވަރާޖްއާއި ހޯމަދުވަހު ބައްދަލުކުރައްވާނެކަމަށެވެ. އަދި ރައީސް ސޯލިހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅާއި ބެހޭގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާ ކުރައްވާނެކަމަށެވެ. އެނޫހުގައި ރައީސް ސޯލިހު އިންޑިއާއަށް ވަޑައިގަންނަވާނެކަމަށް ބުނެފައިވަނީ އަންނަ ޑިސެމްބަރު މަހުގައެވެ.

ރައީސް ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ވަޑައިގަންނަވާފައެވެ. ރައީސް ސޯލިހު ހުވާކުރެއްވުމަށްފަހު ބޮޑުވަޒީރު މޯދީއާއި ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ވީ އެންމެ އަވަސް ފުރުސަތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރްވުމަށް މޯދީ ވަނީ ދައުވަތު ދެއްވާފައެވެ.

ރައީސް ސޯލިހު އަންނަ މަހު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވީ ނަމަވެސް ރައީސް އޮފީހުން އަދި އެދަތުރުފުޅާއި ގުޅިގެން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް