ކ. މާލެ
|
27 ނޮވެންބަރ 2018 | އަންގާރަ 19:28
ރައްޔިތުންގެ މަޖިލިސް: މާދަމާ ބަޖެޓް ފާސް ކުރާނެ
ރައްޔިތުންގެ މަޖިލިސް: މާދަމާ ބަޖެޓް ފާސް ކުރާނެ
ގޫގުލް
ރައްޔިތުންގެ މަޖިލިސް 2018
މާދަމާ ބަޖެޓަށް ވޯޓަށް އަހަނީ
ކޮމެޓީން މިހާރު ވަނީ ބަޖެޓް ބޮޑު ކޮށްފައި
ހިލޭ އެހީއާ ލޯނުގެ ގޮތުގައި އަންނަ އަހަރު ލިބެނީ 23 ބިލިއަން ޑޮލަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ރައްޔިތުން މަޖިލީހުގެ މާދަމާގެ ޖަލްސާގައި ވޯޓަށް އެހުމަށް ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ ފައްޓަވަމުން، ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ އަންގާރަ ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ބަޖެޓް ފާސްކުރުމަށް ނިންމާފައިވާ ކަމަށާއި ބަޖެޓަށް އިތުރު އިސްލާހެއް ހުށަހަޅަން ބޭނުން ނަމަ، ހޯމަ ދުވަހުގެ 18:00 ގެ ކުރިން އެ އިސްލާހެއް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ރައްޔިތުން މަޖިލީހުގެ ބަޖެޓް ކޮމިޓީގައި، އެ ބަޖެޓަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން  ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ ބަދަލުތަކާ އެކު މިހާރު ބަޖެޓުގެ ޖުމްލަ އަދަދަކީ 30،251،742،542 ރުފިޔާ (ތިރީސް ބިލިއަން ދުވިސައްތަ ފަންސާސް އެއް މިލިއަން ހަތް ލައްކަ ސާޅީސް ދެ ހާސް ފަސްސަތޭކަ ސާޅީސް) ރުފިޔާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް