ކ. މާލެ
|
27 ނޮވެންބަރ 2018 | އަންގާރަ 22:26
މުސްތަފާ އެމްޑީޕީއާއި ގުޅިވަޑައިގަތުން
މުސްތަފާ އެމްޑީޕީއާއި ގުޅިވަޑައިގަތުން
އަލީ އައިސަރް
ރައީސް މައުމޫނު
މުސްތަފާ އެމްޑީޕީއަށް ސޮއިކުރެއްވުމުގެ ކުރިން އެވާހަކަ ވިދާޅުވި : ރައީސް މައުމޫނު
މައުމޫނުވަނީ މުސްތަފާއަށް މަރުހަބާ ވިދާޅުވި
މުސްތަފާ ކުރިން ޕީޕީއެމްއާ ގުޅިވަޑައިގަތީ ރައްޔިތުންގެ މަޝްވަރާވެސް ހޯއްދެވުމަށްފަހު
އެމްޑީޕީއާއި އަލުން ގުޅިވަޑައިގަތީ ވާދަވެރި އިންތިޚާބެއްގައި ވާދަކުރުމަށް

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެމްޑީޕީއަށް ސޮއިކުރެއްވުމުގެ ކުރިން އެވާހަކަ ވިދާޅުވިކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.

މައުމޫނު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުސްތަފާ އެމްޑީޕީއަށް ސޮއިކުރެއްވީ އެމަނިކުފާނުގެ އަރިހުގައި އެވާހަކަ ވިދާޅުވުމަށްފަހު ކަމަށެވެ. އަދި މުސްތަފާއަށް ޝުކުރު އަދާކުރާ ކަމަށާއި، ކާމިޔާބަށް އެދޭ ކަމަށްވެސް މައުމޫނުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ކުރިން އެމްޑީޕީގައި ހުންނެވުމަށްފަހު ޕީޕީއެމްއަށް ވަޑައިގަތުމާއި ގުޅޭގޮތުން މުސްތަފާ ވިދާޅުވީ، އޭރު ޕާޓީ ބަދަލުކުރެއްވީ ސަރުކާރުގެ ތެރެއިން ކުރިމަތިވި ފިއްތުންތަކާއި ގުޅިގެން ރައްޔިތުންގެ މަޝްވަރާވެސް ހޯއްދެވުމަށްފަހު ކަމަށެވެ. އަދި އެމްޑީޕީއާއި އަލުން ގުޅިވަޑައިގަތުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޕާޓީ ނިޒާމުގެ ތެރެއިން ވާދަވެރި އިންތިޚާބެއްގައި ވާދަކުރުމަކީ މައްސަލައެއް ނޫންކަން ދެއްކެވުމަށް ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވެސް ވަނީ ދާދިފަހުން އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް