ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 10:26
މަހްލޫފްގެ ކާރ ޕާރކް ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު
މަހްލޫފްގެ ކާރ ޕާރކް ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު
މުހައްމަދު ޝަރުހާން
މިނިސްޓަރ މަޚްލޫފް
ޢާއްމު ރައްޔިތެއްގެ ކަންބޮޑުވުމާއެކު މަހްލޫފްގެ ކާރު ޕާރކް ކުރާތަން ބަދަލު ކުރަނީ
ބަދަލު ކުރަން އެދިވަޑައި ގަންނަވާނެ ކަމަށް މަހްލޫފް ވިދާޅުވި
އެ ސަރަހައްދު ކަނޑައެޅީ އާދީއްތަ ދުވަހުގެރޭ

ހައުސިން މިނިސްޓްރީން، މިނިސްޓަރު އަހްމަދު މަހްލޫފުގެ ކާރުކޮޅު ޕާކު ކުރެއްވުމަށް ކަނޑައެޅި ތަނުގެ ޝަކުވާ މީހަކު ކުރުމުން އެތަން ބަދަލުކުރުމަށް އެދިވަޑައިގަތުމަށް މަހްލޫފު ނިންމަވައިފިއެވެ.

މަހްލޫފް މިގޮތަށް ނިންމެވީ އެމަނިކުފާނުގެ ކާރުކޮޅު ޕާރކް ކުރުމަށް ހައުސިންގ މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަހައްދާއި ގުޅިގެން އާއްމު ރައްޔިތަކު ކަންބޮޑުވުން ފާޅު ކޮށްފައި ވަނިކޮށެވެ.

ރަޒާން ކިޔާ މީހަކު، މަހްލޫފްގެ ކާރު ޕާރކް ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ފޮޓޯއަކާއެކު މަހްލޫފަށް ޓެގްކޮށް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއީ ވަރަށް ގޯސް ކަމެއް ކަމަށާއި  މިސަރަހައްދުގައި ޕާކް ކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި މަހްލޫފްވެސް އަމިއްލަ އެޕާޓްމަންޓް ދޮރުމަތީގައި ކާރު ޕާކް ކޮށްފައި ބާއްވަން ބޭނުންވާނެތޯ ވަނީ ސުވާލު އުފައްދާފައެވެ.

އެޓްވީޓާ ގުޅިގެން ސްޕޯޓްސް މިނިސްޓަރު އާދީއްތަ ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާރު ޕާކުކުރަން ހައުސިން މިނިސްޓްރީން ދިން އޭރިޔާ އެހެން ތަނަކަށް ބަދަލުކޮށްދިނުމަށް ރަސްމީކޮށް ހައުސިން މިނިސްޓްރީގައި އެދިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެތަން އާއްމުންނަށް ދޫކޮށްލުމަށްވެސް އެދިވަޑައިގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން މަހްލޫފް ވަނީ އެރައްޔިތު މީހާގެ ކަންބޮޑުވުން މަހްލޫފްގެ ސަމާލު ކަމަށް ގެނައީތީ ޝުކުރުވެސް އަދާކުރައްވާފައެވެ.

މިނިސްޓަރު މަހްލޫފުގެ ކާރުކޮޅު ޕާކު ކުރުމަށް ހައުސިން މިނިސްޓްރީން ކަނޑައަޅާފައި ވަނީ މަހްލޫފު ދިރިއުޅުއްވާ ގޭގެ ދޮރުމައްޗަށްވާ ކަހަލަ ގޮތަކަށް ހުންނަ ޖިލްބާބު ފިހާރަ ދޮރުމަތީގައެވެ. މިތަން މަހްލޫފަށް ހާއްސަކޮށް ކުރަހައި ފުލުހުންގެ ކޯން ބަހައްޓާފައި ވަނީ އާދީއްތަ ދުވަހުގެރޭ އިރުއޮއްސުނު އިރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
26 ނޮވެންބަރ 2018 | ހޯމަ 07:19
‪Qasim Ibrahim Migaumuge Hurih
‪Qasim Ibrahim Migaumuge Hurihaa Fandiyaarun ge machah nufoozaai basru foaruvaa Judisary Halaakukuranee Qanoonaai Qavaaidhaakhilaafah Hikuma kuraafaraath thakah Himaayathaa Rahkaatherikandhee Mulhi Qaumu Fasaadhakuranee. JP Koalishanun Beyru kohgen Noonee Mi Qaumugai Adhulu Insaafeh Qaaimennukureveyne ‬