ކ. މާލެ
|
27 ނޮވެންބަރ 2018 | އަންގާރަ 19:50
ޝެއިޚް އަލީ ޒައިދު
ޝެއިޚް އަލީ ޒައިދު
ޓްވިޓަރ
ޝެއިހް އަލީ ޒައިދު
މަޖިލީހަށް ކުރިމަތިލުމަކީ ކޫލް ކަމެއް ނޫން: ޝެއިޚް އަލީ ޒައިދު
މަޖިލީހަށް ކުރިމަތިލުމަކީ ބޮޑު ޒިންމާއެއް
އިސްލާމް ދީނުގެ ހަމަތަކުގެ މަތިން އަދާ ނުކުރެވޭނެ މީހުން މަޖިލީހަށް ކުރިމަތިނުލުމަށް އެދެން

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަކީ ކޫލް ކަމެއް ނޫން ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ މާރޗު މަހު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅުގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ދަނީ ތައްޔާރު ވަމުންނެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކުން މިހާރު ވެސް ކެންޕޭންގެ ހަރަކާތްތައް ހިންގަމުން އަންނައިރު ޝެއިޚް ޒައިދު ވިދާޅުވީ މަޖިލީހަށް ކުރިމަތިލުމަކީ ބޮޑު ޒިންމާއެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަކީ މޮޅު ނުވަތަ ކޫލް ކަމެއް ނޫން ކަމަށެވެ.

ޝެއިޚް ޒައިދު ވިދާޅުވީ އެޒިންމާ އިސްލާމް ދީނުގެ ހަމަތަކުގެ މަތިން އަދާ ނުކުރެވޭނެ މީހުން އެކަމަށް ފައި ނުނެގުމަށް އެދޭ ކަމަށެވެ.

ޝެއިޚް ޒައިދު މިގޮތަށް އިލްތިމާސް ކުރައްވާފައިވާއިރު، ރާއްޖޭގެ ކުރިމަގު އުޖާލާ ކުރުމަށް އިލްމާއި ހުނަރުހުރި ފަސްބައިގައި ކިލަނބު ކަމެއްނެތް ބަޔަކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނިކުންނަން ޖެހޭ ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވެސް ވަނީ ވިދާޅުވެފައެވެ. 

ރައްޔިތުންގެ މަޖިލީހަށް ކޯލިޝަނުގެ ހަތަރު ޕާޓީން ވާދަ ކުރާނެ ގޮތެއް މިމަހުގެ ކުރިން ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ވަޒީރުން ވެސް މަޖިލީހަށް ކުރިމަތިލައްވާނެކަން ވެސް ވަނީ އިއުލާން ކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް