ކ. މާލެ
|
27 ނޮވެންބަރ 2018 | އަންގާރަ 19:35
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމުގެ ދަރުބާރުގައި
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމުގެ ދަރުބާރުގައި
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވުމަށްފަހު ޖަލްސާ ނިންމާލައިފި
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 27 ނޮވެމްބަރގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުވުމަށް ނިންމައި ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ ނިންމާލައިފިއެވެ.

ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ވަޒީރުންގެ މަޖިލީސް އެކުލަވާލާތާ 7 ދުވަހުގެ ތެރޭގައި ރުހުން ހޯދުމަށް ހުށަހަޅަންޖެހެއެވެ.

މި މަހުގެ 17 ވަނަ ދުވަހު މަޤާމުގެ ހުވާކުރެއްވި ރައީސް ސޯލިހުގެ ކެބިނެޓްގައި ޖުމްލަ 20 ވަޒީރުން ތިއްބަވައެވެ.

ހަތް މިނެޓަށް ދިގުދެމިގެންދިޔަ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ވަޑައިގެންފައި ވަނީ ޖުމްލަ 22 މެމްބަރުންނެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ އިތުރުން ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމެނިފައިވާ ކަންކަމުގެ ތެރޭގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުالله ރިފާޢު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުالله ޚަލީލް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ހިމެނެއެެވެ.

މީގެ އިތުރުން ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ވެސް އެޖެންޑާ ކުރެވިފައިވެއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ 2019 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ކޮމިޓީން ދިރާސާކޮށް ނިންމުމަށްފަހު ފާސްކުރި ގޮތުގެ ރިޕޯޓަށް މެމްބަރުން ހުށަހަޅުއްވަން ބޭނުންވާ އިސްލާހު ހޯމަ ދުވަހުގެ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ލިޔުމުން ހުށަހެޅުއްވުމަށް އަންގަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް