ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 04:42
ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް
ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް
މުހައްމަދު ޝަރުހާން
ހައި ކޯޓް
ވިސާމަށް ކުށް ސާބިތުނުވި ހުކުމުގެ އިސްތިއުނާފު އަންގާރަ ދުވަހަށް ތާވަލްކޮށްފި
ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކުރީ މިދިޔަ އަހަރު
ދެ ދައުވާއެއް ވިސާމްގެ މައްޗަށް އުފުލި

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ، ނޫސްވެރިޔާ މުހައްމަދު ވިސާމަށް ކުރި ދައުވާ ސާބިތު ނުވާކަމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް އަންގާރަ ދުވަހަށް ހައިކޯޓުގައި ތާވަލްކޮށްފިއެވެ.

އެ މައްސަލަ ހައިކޯޓުގައި ތާވަލްކޮށްފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 09:00 ޖަހާއިރަށެވެ.

އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއް ކަވަރު ކުރަމުން ދަނިކޮށް، ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދަކަށް ވަދެ ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމަށް ބުނެ، އުފުލި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުއެވެ.

ވިސާމްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2015 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަމުން ދަނިކޮށް، ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދަކަށް ވަން ކަމަށް ބުނެއެވެ. އެ ދައުވާ ވިސާމްގެ މައްޗަށް އުފުލީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހުއެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ވިސާމް ހައްޔަރު ކުރި ސަރަހައްދުގައި ނޫސްވެރިންގެ ފާސް އަޅައިގެން ތިބި އެހެން ބަޔަކު ވެސް ތިބި މަންޒަރު ވީޑިއޯތަކުން ފެންނަ ކަމަށާއި، އެހެންކަމުން އެ ސަރަހައްދުގައި ނޫސްވެރިން ތިބުމަކީ ގާނޫނީ ގޮތުން ބަލާއިރު ފުލުހުންގެ ދައުރަށް ދަތިކުރުން ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި ވިސާމްގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ވީޑިއޯ ފޫޓޭޖްގެ ޗެއިން އޮފް ކަސްޓޮޑީ ރިޕޯޓް ހުށަހަޅާފައި ނުވާތީ ވީޑިއޯގެ ސައްޚަ ކަމާ މެދު ގާޒީ ވަނީ ސުވާލު އުފައްދަވާފައެވެ.

ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމަށް ބުނެ، ވިސާމްގެ މައްޗަށް އުފުލި ދައުވާގެ އިސްތިއުނާފު އަޑުއެހުންތައް ފަށަން ތައްޔާރުވެފައި ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުކޮށްފައި ވަނިކޮށެވެ. އެ ދައުވާ ސާބިތުކޮށް، ވިސާމް ވަނީ 28،800 ރުފިޔާ އިން އޭނާ ޖޫރިމަނާ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް