ކ. މާލެ
|
25 ނޮވެންބަރ 2018 | އާދީއްތަ 19:33
އެމްއެންޑީއެފްގެ ސެނަހިޔައިގެ އޮޕަރޭޝަން ތިއޭޓަރާއި ޖެނެރަލް ވޯރޑް މާރިޔާ ހުޅުއްވައިދެއްވަނީ
އެމްއެންޑީއެފްގެ ސެނަހިޔައިގެ އޮޕަރޭޝަން ތިއޭޓަރާއި ޖެނެރަލް ވޯރޑް މާރިޔާ ހުޅުއްވައިދެއްވަނީ
އެމްއެންޑީއެފް
ސެނަހިޔާ
ސެނަހިޔާ ހޮސްޕިޓަލަކަށް ބަދަލުކުރަނީ
އަންނަ މަހުގައި ހޮސްޕިޓަލަކަށް އެ ކްލިނިކް ބަދަލުކުރާނެ

އެމްއެންޑީއެފްގެ ސެނަހިޔާ ކްލިނިކްގައި އޮޕަރޭޝަން ތިއޭޓަރަކާއި ޖެނެރަލް ވޯޑެއް ހުޅުވައި، އެތަން ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

ސެނަހިޔާގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ހޮސްޕިޓަލެއްގެ ދަރަޖަ އަންނަ މަހުގެ ތެރޭގައި ލިބޭނެކަމަށެވެ.

"މިހާރު މަސައްކަތް ފަށާއިފައި މިއޮތީ ސެނެހިޔާ ހޮސްޕިޓަލެއްގެ ދަރަޖައަށް އެފެންވަރަށް ބަދަލުކޮށް އެބައި ސެޓްކުރުމުގެ ބައި. ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އިރާދަކުރެއްވިއްޔާ ހޮސްޕިޓަލަކަށް ބަދަލުވެގެން ދާނެ،" މާރިޔާ ވިދާޅުވިއެވެ.

އަސްކަރީ ދަރަޖައިގެ ކްލިނިކެއްގެ ގޮތުގައި މިހާރު ޚިދުމަތްދޭ ސެނަހިޔާގެ އޮޕަރޭޝަން ތިއޭޓަރަކާއި ޖެނެރަލް ވޯޑެއް ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ ހުޅުއްވައި ދެއްވާފައެވެ. 

ސެނަހިޔާ ހޮސްޕިޓަލްގެ ޖެނެރަލް ވާރޑް ގައި 10 އެނދު ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު އައިސީޔޫގެ ހިދުމަތަށް ދެ އެނދު ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. ސެނަހިޔައިގެ ހިދުމަތް އާސަންދަ އާއި އެކު އާންމުންނަށް ވަނީ ހުޅުވާލެވިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް