ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 20:57
އުމްރާ ދަތުރުވެރިން ފުލުހުންގެ މައި އިދާރާގައި
އުމްރާ ދަތުރުވެރިން ފުލުހުންގެ މައި އިދާރާގައި
ރާއްޖެއެމްވީ
އުމްރާ ދަތުރު
167 ޓިކެޓަކީ ވަގު ޓިކެޓުތަކެއް: އަސްކޮއި ޖަމާއަތް
167 މީހުންގެ ޓިކެޓަކީ ބޮޑު އޮޅުވާލުމެއް

އަސްކޮއި ޖަމާއަތުގެ ފަރާތުން ނޮވެމްބަރ އަދި ޑިސެމްބަރ މަހު އުމްރާއަށް ދާން ފައިސާ ދެއްކި މީހުންގެ ތެރެއިން 167 މީހުންގެ ޓިކެޓަކީ ބޮޑު އޮޅުވާލުމެއް ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ މެންދުރު ފަހު 1:00 ގައި 48 މީހުން ފުރުމަށް ޓިކެޓް ނެގުމަށްފަހު، އެއާރޕޯޓަށް ދަތުރުވެރިން ދިޔުމުން ޓިކެޓު ނަގާފައި ނެތްކަމަށް އެއަރލައިނުން ބުނުމުން ފުރޭ ގޮތް ވަނީ ނުވެފައެވެ. މި މައްސަލަ ދިމާވުމާ އެކު ދަތުރުވެރިން ވަނީ އަސްކޮއި ޖަމާއަތުގެ އިސްފާރާތްތަކާއި ގުޅާފައެވެ. އަސްކޮއި ޖަމާއަތުގެ ބޭފުޅަކަށް މިކަމަށް ޖަވާބުދާރީ ވެވުނީ އެތައް ގަޑި އިރެއް ފަހުންކަމަށް އެޖަމާޢަތުގެ ހަވާލުގައި އުމްރާއަށް ދާން ގޮސް ތިބި މީހުން ބުންޏެވެ. އަސްކޮއި ޖަމާއަތުން ބުނީ ޓިކެޓް ނެގުމުގައި ބޮޑު އޮޅުވާލުމެއްވާ ކަމަށާއި ޓިކެޓް ނަގާފައި ވަނީ ސަމްހާ އިންޓަނޭޝަނަލް މެދުވެރިކޮށްކަމަށެވެ.

ނުފުރި ގިނައިރު ތިބެން ޖެހުމާއި ދަތުރުވެރިންނަށް އެކަށީގެންވާ ޖަވާބެއް ނުލިބުމުގެ ސަބަބުން ނުފުރި ތިބި މީހުން ވަނީ މައްސަލަ ހުށަހެޅުމަށްޓަކައި ފުލުހުންގެ މައި އިދާރާއަށް ގޮސްފައެވެ. ފުލުހުން އަސްކޮއި ޖަމާއަތުގެ މީހުން ހާޒިރުކުރުމުން އެމީހުން ބުނެފައި ވަނީ ދަތުރުވެރިންނަށް 28 ނޮވެމްބަރުގައި އެހެން ކުންފުންޏެއް މެދުވެރިކޮށް ޓިކެޓް ނަގާނެކަމަށާއި އެގޮތުން މިރޭ އިރުއޮއްސި 6 ޖެހުމުގެ ކުރިން ޓިކެޓައްވާ ފައިސާ ދައްކާ 7 ޖެހުމުގެ ކުރިން ވައިބާ ގުރޫޕަށް ޓިކެޓްތައް ލާނެކަމަށެވެ.

އަސްކޮއި ޖަމާއަތުގެ ފަރާތުން އާދިއްތަ ދުވަހުގެ ހެނދުނު ވަނީ 48 މީހުން ފުރާފައެވެ. މީގެ ތެރޭގައި އެ ޖަމާއަތުގެ އިސްވެރިޔާ ހިމެނޭކަށް ވެސް މައުލޫމާތު ލިބެއެވެ. އެ ޖަމާއަތުން ވަނީ ފުލުހުންނާއި ގުޅިގެން މި މައްސަލަ ހައްލު ކުރުމުން ދާކަމަށް ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް