ކ. މާލެ
|
25 ނޮވެންބަރ 2018 | އާދީއްތަ 19:29
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
އަހުމަދު މުހުސިނު
ޖެންޑަރ މިނިސްޓްރީ
އަންހެނުންނަށް ކުރާ އަނިޔާތައް މަދުކުރެވޭނީ އެމައްސަލަތަކަށް އިންސާފު ހޯދައިދީގެން: މިނިސްޓަރ ޝިދާތާ
މައްސަލަތަކުގެ ޕަސެންޓް މަދުކުރުމަށްވުރެ މައްސަލަތަކަށް އިންސާފު ހޯދަ ދިނުމަށް މަސައްކަތް ކުރާނެ

އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވޭނީ އެމައްސަލަތަކަށް އިންސާފު ހޯދައިގެންކަމަށާއި އެކަމަށް ސަރުކާރުގެ ވުޒާރާތަކުގެ އެއްބާރުލުން ބޭނުންވާކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެެވެ.

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ފާހަގަކުރާ ދުވަހާއި ގުޅިގެން ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރ ޝިދާތާ ވިދާޅުވީ މިއަހަރު މިހާތަނަށް އެމިނިސްޓްރީއަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން 60 ޕަސެންޓަކީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ކަމަށެވެ. އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރަންޖެހޭ ކަމަށާއި އެމައްސަލަތަކަށް އިންސާފު ހޯދައިދޭން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

" ހަގީގަތުގައި އެމައްސަލަތަކުގެ ޕަސެންޓް މަދުކުރުމަށްވުރެން އަޅުގަނޑަށް ހީވަނީ މީގަ ޕޮއިންޓަކީ އެ ހުށަހެޅޭ މައްސަލަތަކަށް އިންސާފު ހޯދަ ދިނުންހެން. އަދި ރައްޔިތުންގެ މެދުގައި މިދޭ ޚިދުމަތުގެ ޔަގީންކަން އިތުރުވެ ދިނުންހެން. އަޅުގަނޑު ގަބޫލުކުރާގޮތުގައި މިވަގުތު އަދި އާންމުންގެ ވިސްނުމަށް ބަލާއިރު އެންމެ އެދެވޭ ޔަގީންކަމެއް މިދެވޭ ޚިދުމަތެއްގައެއް ނެތް. އެހެންވީމަ އެ ޚިދުމަތްތައް ޔަގީން ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަށް ޔަގީން ކުރަން ޖެހޭ،" ޝިދާތާ ވިދާޅުވިއެވެ. 

ޝިދާތާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި މަސައްކަތްތައް ކުރާނީ ހަމައެކަނި އެމިނިސްޓްރީއަށް ހުށަހެޅިފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ނޫންކަމަށާއި އެމައްސަލަތައް ހުށަހެޅުމުގެ ކުރީގައި ދިމާވާ ކަންތައްތަކަށް އެމިނިސްޓްރީގެ ސަމާލުކަމަށް ގެނެސްގެންކަމަށެވެ. އަދި އެންމެ އެކަށީގެންވާ މަސައްކަތްތަކެއް އެމިނިސްޓްރީއަށް ހުށަހެޅިފައިވާ މައްސަލަތަކަށް ކުރީގެ ސަރުކާރުން ކުރަންޖެހޭ މަސައްކަތްތަކެއް ކޮށްފައި ނުވާކަމަށް ޝިދާތާ ވިދާޅުވިއެވެ. އެހެންކަމުން އެމިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި އެކަންތައްތަކަށް ބަދަލު ގެންނާނެކަމަށް ޝިދާތާ ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް