ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 19:13
ރައީސް ސޯލިހްގެ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން
ރައީސް ސޯލިހްގެ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ވަޒީރުންނަށް ރުހުން ދިނުން
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮޮށްފި
ރައީސް ސޯލިހްގެ ކެބިނެޓްގައި 20 ވަޒީރުން ތިއްބަވާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. 

މި މަހުގެ 17 ވަނަ ދުވަހު މަޤާމުގެ ހުވާކުރެއްވި ރައީސް ސޯލިހްގެ ކެބިނެޓްގައި ޖުމްލަ 20 ވަޒީރުން ތިއްބަވައެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ އެޖެންޑާގައި ވާގޮތުން މާދަމާގެ ޖަލްސާ އަށް 20 ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ހުށަހަޅާނެއެވެ. އަދި ވަޒީރުންގެ ނަންފުޅުތައް ދިރާސާކުރުމަށް ކޮމެޓީއަށް މާދަމާގެ ޖަލްސާގައި ފޮނުވާނެއެވެ. 

ވަޒީރުންނަށް މަޤާމުގައި ތިބެވޭނީ މަޖިލީހުގެ ރުހުން ލިބިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިފައިވާ އިރު، ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ވަޒީރުންގެ މަޖިލީސް އެކުލަވާލާތާ 7 ދުވަހުގެ ތެރޭގައި ރުހުން ހޯދުމަށް ހުށަހަޅަންޖެހޭނެ އެވެ. 

ވަޒީރުންގެ މަޖިލީހުގައި ތިއްބަވާ ބޭފުޅުންނަކީ: 

  1. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (އެމްޑީޕީ)
  2. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ (އެމްޑީޕީ)
  3. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (އަދާލަތު ޕާޓީ)
  4. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (އެމްޑީޕީ)
  5. ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (އެމްއާރްއެމް)
  6. ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް (އެމްޑީޕީ)
  7. ހެލެތް މިނިސްޓަރު އަބްދުﷲ އަމީން (ޖުމްހޫރީ ޕާޓީ)
  8. ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް (ޖުމްހޫރީ ޕާޓީ)
  9. އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު އަލީ (އެމްޑީޕީ)
  10. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ޖުމްހޫރީ ޕާޓީ)
  11. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް (އެމްޑީޕީ)
  12. ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު (އެމްއާރްއެމް)
  13. އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު (އަދާލަތު ޕާޓީ)
  14. ހައުސިން މިނިސްޓަރު އާމިނަތު އާތިފާ (އެމްއާރްއެމް)
  15. ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރު އަހުމަދު މަހުލޫފް (އެމްޑީޕީ)
  16. ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް (އަދާލަތު ޕާޓީ)
  17. ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު ޢާއިޝަތު ނަހުލާ (ޖުމްހޫރީ ޕާޓީ)
  18. އެންވަޔަރަނަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު (ޖުމްހޫރީ ޕާޓީ)
  19. އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން (އެމްއާރްއެމް)
  20. އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު

ރައީސް ސޯލިހްގެ ކެބިނެޓަކީ މިިހާތަނަށް އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނިގެން ރާއްޖޭގައި އުފެދުނު ކެބިނެޓެވެ. ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ރައީސް ސޯލިހްގެ ކެބިިނެޓްގައި ތިއްބެވި ވަޒީރުންނަށް ގިނަ ބައެއްގެ ތައުރީފް ވެސް ލިބިގެން ގޮސްފައިވެއެވެ. 

ކެބިނެޓް ބަހާލާފައި ވަނީ އިއްތިހާދުގައި ހިމެނޭ ހަތަރު ޕާޓީގެ މެދުގައެވެ. އެގޮތުން އެމްޑީޕީއަށް ސަރުކާރުގެ 40 ޕަސެންޓް ހަމަޖައްސާފައި ވާއިރު ޖުމްހޫރީ ޕާޓީއަށް ދީފައިވަނީ 25 ޕަސެންޓެވެ. ރައީސް މައުމޫންގެ އެމްއާރްއެމް އަށް 20 ޕަސެންޓް ދީފައިވާއިރު، އަދާލަތަށް ދީފައި ވަނީ 15 ޕަސެންޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް