ކ. މާލެ
|
25 ނޮވެންބަރ 2018 | އާދީއްތަ 18:03
އާސަންދަ - އާސަންދައިގެ ހިދުމަތަށް ވަނީ ބަދަލުތައް ގެނެސްފައި
އާސަންދަ - އާސަންދައިގެ ހިދުމަތަށް ވަނީ ބަދަލުތައް ގެނެސްފައި
ރާއްޖެ އެމްވީ
އާސަންދަ
އައިޑީކާޑުގެ މުއްދަތު ހަމަވިއަސް އާސަންދަ ލިބޭގޮތް ހަދައިފި
ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ކަމެއް

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވިކަމުގައި ވިއަސް އާސަންދަ ލިބޭ ގޮތަށް އާސަންދަ ކުންފުނިން ހަމަޖައްސައިފިއެވެ. 

އެކުންފުނިން ބުނީ ހުސްނުވާ އާސަންދަ ސުކީމަށް މިހާރު ބަދަލުގެނެސްފައިވާ ކަމަށާއި އައިޑީކާޑުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް ސްކީމުގެ ދަށުން ހިދުމަތް ދޭނެ ކަމަށެވެ. އާސަންދައިގެ ދަށުން ހިދުމަތް ހޯދާ ފަރާތްތަކުން ހުށަހަޅާ އައިޑީކާޑަކީ އެމީހާގެ އައިޑީކާޑުކަން ކަށަވަރު ކުރަންޖެހެއެވެ. އަދި އެ ޚިދުމަތް އާސަންދައިގެ ޚިދުމަތް ދޭ ހުރިހާ މަރުކަޒުތަކުން ލިބޭނެކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.

މުއްދަތު ހަމަވެފައިވާ އައިޑީކާޑަށް ޑޮކްޓަރަށް ދެއްކުމާއި ބޭސް ނެގޭނެގޮތަށް ހަމަޖެހޭގޮތަށް ހަމަޖައްސާފައިވާއިރު އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

އާސަންދަ މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންނަށް ތަކުލީފަށް ނުވާނެ އަދި ޝަކުވާ އެއް ނެތް ޚިދުމަތަކަށް އާސަންދަ ބަދަލުކުރާނެ ކަމަށް ރައީސް ސޯލިހު ވަނީ ވައުދު ވަޑައިގެންފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް