ކ. މާލެ
|
25 ނޮވެންބަރ 2018 | އާދީއްތަ 13:11
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން
ރާއްޖެ އެމްވީ
ޓެރަރިޒަމް
މެމްބަރު ސައުދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ކޯޓުން ބޭރުކޮށްލައިފި
މަދަނީ މިންގަނޑުން ކުރިއަށް ގެންދެވެން ނެތް ކަމަށް ކަނޑައަޅާފައިވޭ
އެއީ އަސްލެއް ނެތް ސިޔާސީ ދައުވާއެއް: ސައުދު
ދިފާއުގައި ފާހަގަ ކުރި ކަންތައްތަކަށް ދައުލަތުން ޖަވާބުދާރީއެއް ނުވޭ

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ މަދަނީ މިންގަނޑުތަކުން ކުރިއަށް ގެންދެވެން ނެތް ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފިއެވެ.

ސައުދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައެވެ. އެ މައްސަލާގައި ސައުދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ސަބަބަަށް ގުޅޭ ގޮތުން ސައުދުގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ އެ ދައުވާއާ ގުޅޭ ގޮތުން ދިފާއުގައި ފާހަގަ ކުރި ކަންތައްތަކަށް ދައުލަތުން ޖަވާބުދާރީވެފައި ނުވާ ކަމަށެވެ. އަދި ސައުދުގެ ފަރާތުން ފާހަގަ ކުރި ކަންކަމަށް ބެލުމަށްފަހު، ޤާނޫނީ ގޮތުން އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ސައުދުގެ ވަކީލު ވިދާޅުވިއެވެ.

އެ މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ސައުދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ އަސްލެއް ނެތް ސިޔާސީ ދައުވާއެއް ކަމުގައެވެ.

 

ސައުދުގެ މައްޗަށް މި ދައުވާ ސާބިތުވިނަމަ 17 އަހަރާއި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް