ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 18:57
ތޯރިގު (ކ) އާއި ޝާތިރު ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި: މިނިސްޓްރީގެ މަސައްކަތްތަކާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ތޯރިގު ވަނީ މާލޭގެ ތާރީހީ ތިން ތަނަކަށް ވަޑައިގެންފައި
ތޯރިގު (ކ) އާއި ޝާތިރު ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި: މިނިސްޓްރީގެ މަސައްކަތްތަކާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ތޯރިގު ވަނީ މާލޭގެ ތާރީހީ ތިން ތަނަކަށް ވަޑައިގެންފައި
ޙުސައިން ޙަސަން
ހެރިޓޭޖު މިނިސްޓްރީ
އޮފީހަށް ނުކުންނެވި ފުރަތަމަ ދުވަހު ތޯރިޤް ވަޑައިގެންނެވީ ތާރީހީ ތަންތަނަށް
ބޮޑުތަކުރުފާނުގެ ޒިޔާރަތަށާއި ހުކުރު މިސްކިތާއި މެދު ޒިޔާރަތަށް ވަޑައިގެންނެވި

އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމާ އެކު، މުހައްމަދު ޠާރިޤް އޮފީހަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު މާލޭގައި ހުރި ތާރީހީ މުހިއްމު ތަންތަނަށް ވަޑައިގެން، އެތަންތަނުގެ ހާލަތު ބައްލަވައިފިއެވެ.

ދިވެހި ބަހާއި ތާރީހަށް ގިނަ ހިދުމަތްކެއް ކުރެއްވި ތޯރިގު ހެރިޓޭޖު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާއަކީ އެ މިނިސްޓްރީގެ ދެ ވަނައަށް އެންމެ މަތީ މަގާމު ފުރުއްވަމުން ގެންދަވާ ސިޔާސީ ބޭފުޅާއެވެ.

އާދީއްތަ ދުވަހު ވަޒީފާއަށް ނުކުމެވަޑައިގެން، ހެރިޓޭޖު މިނިސްޓްރީގެ މުވައްޒަފުންނާ އެކު އެންމެ ފުރަތަމަ ވަޑައިގެންނެވީ ބިހުރޯޒު ކަމަނާ މިސްކިތުގައި ހުންނަ ބޮޑު ތަކުރުފާނު ޒިޔާރަތަށެވެ. އެއަށްފަހު ހުކުރު މިސްކިތަށާއި މެދުޒިޔާރަތަށް ވެސް ތޯރިގު ވަޑައިގެންނެވިއެވެ.

ތޯރިގު އެތަންތަން ބައްލަވާފައި ވަނީ ހެރިޓޭޖު މިނިސްޓްރީގެ މުވައްޒަފުން މެދުވެރިކޮށް، ޒިޔާރަތްތަކުގައި އަޅުވާފައިވާ ތަޅުތައް ނައްޓާ ލެއްވުމަށް ފަހުގަ އެވެ. ތޯރިގު އަރިހުގައި އެތަންތަން ބައްލަވާ ލެއްވުމަށްޓަކައި ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނަރަލް މުހައްމަދު ޝާޠިރު ވެސް ވަޑައިގެންނެވިއެވެ.

އެތަންތަން ބައްލަވާ ލެއްވުމަށް ފަހު, ބޮޑު ތަކުރުފާނުގެ ޒިޔާރަތާ ގުޅޭގޮތުން ރާއްޖެއެމްވީ. އާ ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ އެ މިނިސްޓްރީން އެންމެ އިސްކަންދޭ ތަރުތީބުގެ ކުރީގައި ވަނީ ބޮޑު ތަކުރުފާނުގެ ޒިޔާރަތް ކަމަށާއި އެތަން ވަރަށް ބޮޑަށް ވީރާނާވެފައިވާ ކަމަށެވެ.

"މިތާނގެ ހާލަތު މިއޮތީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް ލަދުގަންނަ ހިސާބުގައި. ގައުމި ބަތަލު، އެބޭފުޅެއްގެ ޒިކުރާ، އެބޭފުޅެއްގެ ހަނދާން، އަބަދު އާކުރަން ޖެހޭ އެންމެ ރަނގަޅު ބިނާއެއްގެ ގޮތުގައި ހުރީ މިތަން،" ތޯރިގު ވިދާޅުވިއެވެ.

ހުކުރު މިސްކިތުގެ ހާލަތު ބެއްލުވުމަށްފަހު، ތޯރިގު ވިދާޅުވީ ހުކުރު މިސްކިތުގެ އަސްލު ގެއްލޭ ގޮތަށް މިސްކިތުގެ ތެރޭގައި އަށް ތަނބު އިތުރަށް ޖަހާފައިވާ ކަމަށެވެ.

"މިސްކިތުގެ އަސްލުގަ އެއް ނުހުންނާނެ މި ތަނބުތަކެއް. މިހުރީ ދަގަނޑު ހޮޅިޖަހާފައި ބޭރުގައި ފްލައިވުޑް ފިލާ ތަތްކޮށްފަ، ހުރި އަށް ތަނބު އިތުރަށް މިހުރީ ޖަހާފަ. މިއީ ވަގުތީ ގޮތުން ޖެހި އެއްޗެއް ކަމަށް ވިޔަސް، ދާއިމީވެގެން މިދަނީ،" ތޯރިގު ވިދާޅުވިއެވެ.

މެދު ޒިޔާރަތަށް ވަޑައިގަތުމަށްފަހު، ތޯރިގު ވިދާޅުވީ ތާރީހީ ތަންތަން ރައްކާތެރިކުރުމަށްޓަކައި ހުރި ކަންތައްތައް ދެނެގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަފާ ދެއްވާފައިވާ ކަމަށާއި އެކަމަށް ދެއްވަން ޖެހޭ ހުރިހާ އެއް ބާރުލުމެއް ދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ.

"އެތަން އާބާތުރަ ފިލުވަން އަޅުގަނޑު މިނިސްޓްރީގެ ކަމާބެހޭ ސެކްޝަންގައި އެދެފިން،" ތޯރިގު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮންމެ ރަށެއްގައި ވެސް ހުރި ތަރިކަ އާއި ދުވަސްވީ ބިނާތަކާއި އާސާރު އެކުލެވޭ ތަންތަނާއި ތާރީހާއި ގުޅިފައިވާ ތަކެއްޗަކީ ކޮބައިކަން ދެނެގަންނާނެއެވެ. އެއަށްފަހު އެފަދަ ތަންތަނާއި ތަކެތި ހިމާޔަތް ކުރުމަށް ގާނޫނީ ޒިންމާ ކަނޑަ އަޅައި، ތަރިކައިގެ ލިސްޓެއް އެކުލަވާލާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
25 ނޮވެންބަރ 2018 | އާދީއްތަ 10:42
ރޯނު
ހުސް ދެއްކުންތެރިކަން ކާށީދޫ ތަރާހަނޑު ބަލާބަލަ ވާދޫ އާސާރުތައް ބަލާބަލަ ކުޑރިކިލު މިސްކިތް ބަލާބަލަ ހަވިެއތަތައް ބަލާބަލަ ފުރަތަމަ ދުަވަހހ ވެސް ނުކުމެ ފޭލު އަޑެއް އަރޔވައިލި ތި ތަންތަން ތިހެން ހެދީ ވެސް ތިނހެރިޓޭޖު މީހުން އެ މީހުން މިހާރު ވެސް ތިތާ ތި ބީ ހަމަ ފޮނި ދައްކަން. ކޯއް އެނގިގެން އުޅޭ މީހެއް'. އެއް ކަމެއް ވެސް ނުވާނެ. ތިހެން މަންޒަރު ދައްކަން ނިކަން މޮޅުވާނެ ޓޯރިގު