ކ. މާލެ
|
25 ނޮވެންބަރ 2018 | އާދީއްތަ 08:38
ޝާހު މަޖިލީހުގައި ވާހަކަ ދައްކަވަނީ: އިންކަމް ޓެކްސް ނަގަން ތާއިދު ކުރޭ
ޝާހު މަޖިލީހުގައި ވާހަކަ ދައްކަވަނީ: އިންކަމް ޓެކްސް ނަގަން ތާއިދު ކުރޭ
ގޫގުލް
ފަލަ ސުރުޚީ
ގިނަ މެމްބަރުން ބޭނުން ވަނީ އިންކަމް ޓެކްސް ނަގަން: ޝާހު
ނުހައްގު މުއްސަނދިކަން ހުއްޓުވަން ވެސް އިންކަމް ޓެކްސް ނަގަން ޖެހޭ

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރާއްޖެއަށް ތައާރަފު ކުރި ޓެކްސްގެ ނިޒާމުގައި ހިމެނޭ އިންކަމް ޓެކްސް (މުއްސަނދިންގެ އަތުން ނަގާ ޓެކްސް) ނަގަން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ބޭނުންވާ ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝަހު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ އިންކަމް ޓެކްސް ނެގުމަށް އަމިއްލަ ގޮތުން ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ބަޖެޓަށް ވާހަކަ ދެއްކެވިއިރުވެސް އެގޮތަށް ވިދާޅުވެފައިވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ވެސް ތިއްބެވީ އިންކަމް ޓެކްސް ނެގުމަށް ތާއީދު ކުރައްވާ ގޮތަށް ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މުޅި ބަޖެޓް ކޮމެޓީ އެއްކޮށް ވެސް އެކަމަށް ތާއީދު ކުރައްވާ ކަމަށާއި ގަވަރުނަރާއި އޮޑިޓަރ ޖެނެރަލް ވެސް އެކަމަށް ތާއީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ފެނުނީ މުޅި ބަޖެޓް ކޮމެޓީގެ ރޫހަށް ބަލާއިރު އެކަމަށް ތާއީދު ކުރެއޭ. ދެން އޮތީ ދައުލަތުގެ ކަމާ ބެހޭ ފަންނީ އިދާރާތަކުގެ ލަފާފުޅަކީ ކޮބާހޭ.  ގަވަރުނަރު އެކަމަށް ތާއީދު ކުރައްވާ. އޮޑިޓަރޖެނެރަލް އެކަމަށް ތާއީދު ކުރައްވާ. ދައުލަތުގެ ހިސާބު ކިތާބު ބަލަހައްޓަވާ އޮޑިޓް މިކުރައްވަނީ އޮޑިޓަރޖެނެރަލްގެ އޮފީހުން. ދައުލަތުގެ ަޒާނާ ބަލަހައްޓަވަނީ އެމްއެމްއޭއިން އަދި ފިނޭންސް މިނިސްޓްރީން ޚަރަދުބަރަދު ކުރެއްވިކަމަށް ވިއަސް. އެހެން ވީމާ މިހުރިހާ ފަރާތްތަކުން ތާއީދު ކުރެއްވީމާ އަދި އަމުދުން ރައްޔިތުން އިންކަމް ޓެކްސް ނެގުމަށް ސަރުކާރެއް އެކުލަވާލެއްވީމާ އަޅުގަނޑު ޤަބޫލު ކުރާގޮތުގައި ރައްޔިތުންގެ މަޖިލީހުން އެޖާގަދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް އެކަމަށް ވިސްނާވަޑައިގަންނަވަން ޖެހޭ" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ނުހައްޤު ގޮތުގައި ގެންގުޅޭ ފައިސާގެ މައްސަލަ ހައްލު ކުރުމަށް ވެސް އިންކަމް ޓެކްސް ނަގަންޖެހޭ ކަމަށާއި މެމްބަރުންގެ ޚިޔާލު ތަފާތުވުން ހުރިކަމުގައި ވިޔަސް ނުހައްގު މުއްސަނދިކަމުގެ މައްސަލަ ހައްލު ކުރުމަށް ވެސް އިންކަމް ޓެކްސް ނަގަން ޖެހޭ ކަމަށް ޝާހު ވިދާޅުވިއެވެ.

"ނުހައްގު ގޮތުގައި މިގެންގުޅޭ ފައިސާ، ނުހައްގު މުއްސަނދިކަން މިކަންތައް މިއީވެސް ވަރަށް ބޮޑު މައްސަލައެއް. އެކަން ކުރެވޭނެ ހިސާބު ކިތާބުގެ ކަންކަން އެނަޖެހޭ މަހަމަޖައްސަން،" ޝާހު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް