ކ. މާލެ
|
24 ނޮވެންބަރ 2018 | ހޮނިހިރު 18:46
މަންތާ ފެސްޓިވަލް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިފްތިތާހުކޮށްދެއްވުން
މަންތާ ފެސްޓިވަލް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިފްތިތާހުކޮށްދެއްވުން
ޓްވިޓަރ
މަންތާ ފެސްޓިވަލް
ރާއްޖޭގެ ފުރަތަމަ މަންތާ ފެސްޓިވަލް ރައީސް ނަޝީދު އިފްތިތާހު ކޮށްދެއްވައިފި
ބ.އަތޮޅުގެ ތިމާވެށިގެ މައުލޫމާތާއި މަންތާ ނުވަތަ އެންމަޑިއާބެހޭ މައުލޫމާތު ފޯރުކޮށް ދިނުން ކުރިއަށް ދާނެ

ރާއްޖޭގެ ފުރަތަމަ މަންތާ ފެސްޓިވަލް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

މި ފެސްޓިވަލް ބާއްވާފައިވަނީ ހޮނިހިރު ދުވަހު ބ. ދަރަވަންދޫގައެވެ. ބ.އަތޮޅަކީ ދުނިޔޭގެ ތިމާވެށީގެ ގޮތުން ފާހަގަކޮށްލެވޭ ތަންތަނުގެ ތެރެއިން ހިމާޔަތް ކުރެވިފައިވާ ބަޔޯސްފިއަރ ރިޒާޒްއެއް އޮންނަ ރާއްޖޭގެ ހަމައެކަނި އަތޮޅެވެ.

މި ފެސްޓިވަލަކީ ބ. އަތޮޅު ކައުންސިލާ، ދަރަވަންދޫ ކައުންސިލާ، މަންތާ ޓްރަސްޓާއި، ބ. އަތޮޅު ބޮޔޮސްފިއާ ރިޒަރވް އާއި ލަނޑާ ގިރާވަރު ރިސޯޓު ގުޅިގެން އިންތިޒާމް ކުރާ ފެސްޓިވަލެކެވެ.

ރާއްޖެގައި ފުރަތަމަ ފަހަރަށް ބާއްވާ މަންތާ ފެސްޓިވަލަކީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ދިރުމުގެ މުއްސަނދިކަމާ، މިތަންތަނުގައި އުޅޭ ދިރޭ ތަކެތި ރައްކާތެރިކޮށް ހިމާޔަތްކުރުމާބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ފެސްޓިވަލެކެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝަރަފުވެރި ކޮށްދެއްވި މި ފެސްޓިަވަލްގައި ހާއްސަ އިސްކަމެއްދީގެން ބ.އަތޮޅުގެ ތިމާވެށިގެ މައުލޫމާތާއި މަންތާ ނުވަތަ އެންމަޑި އާބެހޭ މައުލޫމާތު ފޯރުކޮށް ދިނުމަށް ވަނީ ނިންމާފައެވެ.

މި ފެސްޓިވަލް ގައި ތިމާވެއްޓާ ބެހޭ ވަޒީރު ޑރ. ހުސެއިން ރަޝީދު އާއި، ބ. ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންގެ އިތުރުން ތިމާވެއްޓާއި ގުޅުންހުރި އެކި އެންޖީއޯތަކުން ވަނީ ބައިވެރިވެވައެވެ.

އެގޮތުން މަންތާ ފެސްޓިވަލްގައި 22 ސްޓޯލްއެއް ވަނީ ގާއިމްކޮށްފައެވެ. މިސްޓޯލްތަކުން ތިމާވެއްޓާ ގުޅޭ މައުލޫމާތު ދިނުމާ ސަރުކާރުގެ ބައެއް މުއައްސަސާތަކުން ކުރަމުންގެންދާ މަސައްކަތަކުގެ މައުލޫމާތު ދިނުން ކުރިއަށް ގެންދާނެއެވެ.

ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ނެވެ. މި ފެސްޓިވަލާއި ގުޅުވައިގެން ކުރެހުމުގެ މުބާރާތަކާއި ފޮޓޯނެގުމުގެ މުބާރާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ހޮނިހިރު ދުވަހުގެރޭ ފެސްޓިވަލް ނިންމާލުމަށް ހަމަޖެހިފައިވަނީ ފޯރިގަދަ މިއުޒިކް ޝޯވއަކުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް