ކ. މާލެ
|
25 ނޮވެންބަރ 2018 | އާދީއްތަ 19:24
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް
މުހައްމަދު ޝަރުހާން
މަޖިލިސް އިންތިޚާބުގައި އެމްޑީޕީ
އެމްޑީޕީއިން ވާދަކުރާނެ ދާއިރާތައް ހުކުރު ދުވަހު އިއުލާން ކުރަނީ!
ޕްރައިމަރީ އޮންނާނީ ޖެނުއަރީ 18 ގައި
ވޯޓު ލެވޭނީ ބައިވެރުވުމުގެ މުއްދަތާއި ހަމައަށް މެމްބަރޝިޕް ފޯމް ޕާޓީއަށް ހުށަހަޅާ ފަރާތްތަކަށް

ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ދާއިރާތައް އަންނަ ހުކުރު ދުވަހު އިއުލާންކުރާނެކަމަށް އެޕާޓީ އިން ބުނެފިއެވެ.

2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީގެ ޓައިމްލައިން އެޕާޓީ އިން މިހާރު ވަނީ އިއުލާންކޮށްފައެވެ.

ހޮނިހިރު ދުވަހު އެމްޑީޕީން ކޮށްފައިވާ އިއުލާނެއްގައި ޕާޓީގެ ފަރާތުން ވާދަކުރާނެ ދާއިރާތައް އިއުލާން ކުރާނެ ދުވަހެއްކަމަށް ބަޔާންކޮށްފައި ވަނީ 30 ނޮވެމްބަރު 2018 އެވެ.

އެމްޑީޕީއިން ވަނީ އެޕާޓީގެ ޓިކެޓް ލިބޭނީ ޕްރައިމަރީއަކަށް ފަހު ކަމަށް އިއުލާންކޮށްފައެވެ. އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވުމުގެ މުއްދަތް ހަމަވަނީ 7 ޑިސެމްބަރު 2017 އެވެ. ޕްރައިމަރީގައި ވޯޓު ލެވޭނީ އެ މުއްދަތާއި ހަމައަށް މެމްބަރޝިޕް ފޯމް ޕާޓީއަށް ހުށަހަޅާ ފަރާތްތަކަށެވެ. ވޯޓާސް ލިސްޓް އާންމުކުރުމާއި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައި ވަނީ 13 ޑިސެމްބަރަށެވެ.

ވޯޓާރސް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވާ ދުވަހަކީ 16 ޑިސެމްބަރެވެ. ފައިނަލް ވޯޓާރސް ލިސްޓް އާންމުކުރުމަށް ހަމަޖެހިފައި ވަނީ 18 ޑިސެމްބަރު ގައެވެ.

ޕްރައިމަރީގައި ވާދަ ކުރުމުގެ ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާ ދުވަހަކީ 19 ޑިސެމްބަރެވެ. އެމްޑީޕީ ޕްރައިމަރީގައި ވޯޓު ލުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

އެޕްލިކޭޝަން ފޯމް ހުށަހަޅާއިރު ތާއީދު ފޯމްގައި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކުރިމަތިލާ ދާއިރާ އަށް ވޯޓުލުން ހައްގުވާ 200 މީހުންގެ ސޮއި ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާންގައި ވެއެވެ.

އަންނަ ހުކުރު ދުވަހު އެމްޑީޕީ އިން ވާދަކުރާނެ ދާއިރާތައް އިއުލާންކުރާއިރު، މަޖިލީހުގެ 87 ގޮނޑިއަށް ވާދަކުރާނެ ގޮތަކާއި ގުޅޭ ގޮތުން އަދި ކޯލިޝަނުން ގޮތެއް ނިންމާފަ އެއް ނުވެއެވެ. ކޯލިޝަން ޕާޓްނަރުން ގޮނޑިތައް ބަހައިގެން ވާދަކުރުމުގެ ވާހަކަ ކުރިން ދެކެވިފައިވީ ނަމަވެސް، މިހާރު ދާއިރާތަކަށް ޕާޓީތަކުން ވަކިން ވާދަކުރުމުގެ ވާހަކަތަކުގެ އަޑުތައް ވަނީ ގަދަވެފައެވެ. އަދި އެކަމާއި ގުޅޭ ގޮތުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއްގައި މި ހަފްތާ ބަންދުގައި މަޝްވަރާ ވެސް ކުރެވިފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް