ކ. މާލެ
|
25 ނޮވެންބަރ 2018 | އާދީއްތަ 19:28
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު
މުހައްމަދު ޝަރުހާން
ކުރީގެ ނާއިބު ރައީސް އަދީބު
ލޯންޗުކޮޅު ގޮއްވާލި މައްސަލާގައި އަދީބަށް ކުރި ހުކުމްގެ އިސްތިއުނާފު މާދަމާ
މިމައްސަލާގެ އަޑުއެހުން މާދަމާ ހެނދުނު 10:15 ގައި
މިމައްސަލާގައި ކޯޓުން އަދީބުގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައި

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ޓެރަރިޒަމްގެ ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް އާދިއްތަ ދުވަހު ފަށަން ތާވަލު ކޮށްފިއެވެ.

އާދިއްތަ ދުވަހު ހައިކޯޓުގައި ފެށުމަށް ތާވަލު ކޮށްފައި ވަނީ ކުރީގެ ރައީސް ޔާމީން ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުންތަކެވެ.

މިމައްސަލާގެ އަޑުއެހުން އާދިއްތަ ދުވަހުގެ ހެނދުނު 10:15 އަށް ތާވަލް ކުރިއިރު އަދީބުގެ ކިޑްނީގައި ހިލަ އުފެދިގެން އެ ނައްތާލުމަށް ކުރާ އޮޕަަރޭޝަން ކޮށް، އައިޖީއެމްއެޗުން އަންނަނީ ފަރުވާ ހޯއްދަވަ މުންނެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރި ހުކުމް އަދީބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅި އިރު މި މައްސަލާގެ ފަހަތުގައި ވަނީ އެމް.އެން.ޑީ.އެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމު ކަމަށް ވަނީ ތުހުމަތު ކުރައްވާފައެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނެ އަދީބު ހައްޔަރު ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ. މީގެ އިތުރަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)ގެ ޚިޔާނާތުގެ މައްސަލައިގައި ވެސް ހުކުމެއް އައިސްފައިވެއެވެ. އަދި ފިސްތޯލަ ގެންގުޅުނު މައްސަލައާ ގުޅިގެން ވެސް ވަނީ ހުކުމްކޮށްފައެވެ. މި ހުކުމްތަކާ އެކު އަދީބު އަންނަނީ 33 އަހަރުގެ ޖަލު ހުކުމްތައް ތަންފީޒު ކުރައްވަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
24 ނޮވެންބަރ 2018 | ހޮނިހިރު 14:03
walkfree?
walkfree?