ކ. މާލެ
|
24 ނޮވެންބަރ 2018 | ހޮނިހިރު 19:08
އޭޑީކޭ ހޮޮސްޕިޓަލް - އެ ހޮސްޕިޓަލުން ހިންގި
އޭޑީކޭ ހޮޮސްޕިޓަލް - އެ ހޮސްޕިޓަލުން ހިންގި
ޓްވިޓަރ
އޭޑީކޭ
އޭޑީކޭ އިން ހިންގި މެޑިކަޕް ކޭމްޕަށް ބޮޑު ތަރުހީބެއް!
އެއް ދުވަހުން 170 އަށް ވުރެ ގިނަ ބަލިމީހުން ބަލައިފި
މި ކޭމްޕް ގައި އަންހެނުންނާއި ލޮލުގެ އިތުރުން ކެންސަރު ބަލީގެ ހާއްސަ ޑޮކްޓަރުން ބައިވެރިވޭ

އޭޑީކޭގެ ރިކްރިއޭޝަން ކްލަބް، އޭޑީކޭ ސިނަރޖީއިން އިސްނަގައިގެން އޭޑީކޭ ހޮސްޕިޓަލާއި ގުޅިގެން އދ. ދަނގެތީގައި ކުރިއަށްދާ މެޑިކަލް ކޭމްގައި އެއް ދުވަހުން 170 އަށް ވުރެ ގިނަ ބަލިމީހުން ބަލައިފައިވާކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.  

އެޑީކޭ ސިނާޖީގެ ޓްރެޝަރ، ހަނީފާ އަބްދުލް ގާދިރު ވިދާޅުވީ، ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ގެ ނިޔަލަށް 260 ބަލިމީހުންނަށް ހިދުމަތް ދެވިފައިވާ ކަމަށާއި ކޭމްޕް ފެށުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ ދަނގެތީ ސްކޫލްގައި ކުޑަކުދިންނާ ގުޅުންހުރި ސިއްހީ މައުލޫމާތު ސެޝަނެއް ބެލެނިވެރިންނަށް ދީފައިވާ ކަމަށެވެ. 

ސިނަރޖީގެ އޮފިޝަލް އިތުރަށް ވިދާޅުވީ، މި ކޭމްޕްގެ ތެރެއިން ބެލެނިވެރިންނަށް ޚާއްސަކޮށްގެން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. ޢަބްދުﷲ ނިޔާފް މަޢުލޫމާތު ސެޝަނެއްވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ. މި ސެޝަންގައި މައިގަނޑުގޮތެއްގައި އަލިއަލުވާލާނީ ކުޑަކުދިން ހެދިބޮޑުވުމާއި، ކުޑަކުދިން ކެއުމާއި ދުރުވާ ސަބަބުތަކާއި ގުޅޭގޮތުން ކަމަށާއި، މި ކޭމްޕްގެ ހޮޓްލައިނަށް ގުޅުމުން ސެޝަންގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. މި ސެޝަންގައި ބައިވެރިވުމުގެ ފުރުބަތު އދ އަތޮޅުގެ އެކި ރަށްތަކަށް ނިސްބަތްވާ ބެލެނިވެރިންނަށް ވަނީ ހުޅުވާލާފައެވެ.

ދަގެތީގައި ކުރިއަށްދާ މި ކޭމްޕްގައި އަންހެނުންނާއި ލޮލުގެ އިތުރުން ކެންސަރު ބަލީގެ ހާއްސަ ޑޮކްޓަރުން ބައިވެރިވެ އެވެ.

އޭޑީކޭ ސިނާޖީގެ ސީއެސްއާރްގެ ދަށުން ހިންގާ މި ކޭމްޕް ކުރިއަށްދަނީ މިމަހުގެ 23 އިން 24 ގެ ނިޔަލަށް ކަމަށްވެސް ހަނީފާ ވިދާޅުވިއެވެ.

އޭޑީކޭ ގްރޫޕް އޮފް ކޮމްޕެނީޒްގައި ހިމެނޭ އެކި ގްރޫޕްތަކުގެ މުވައްޒަފުން ހިމެނޭގޮތަށް އޭޑީކޭ ސިނަރޖީގެ ނަމުގައި ކްލަބެއް އުފައްދާފައިވަނީ 2013 ވަނަ އަހަރުއެވެ. ކްލަބް އުފެދުނީއްސުރެ ކްލަބުން އެކި ހަރަކާތްތައް ހިންގަމުންދިޔަ ނަމަވެސް، މިއީ އެ ކްލަބުން މިފަދަ ހަރަކާތެއް ހިންގާ ފުރަތަމަ ފަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް