ކ. މާލެ
|
25 ނޮވެންބަރ 2018 | އާދީއްތަ 20:40
ނައިބްރައީސް ފައިސަލް ހއ. ދިއްދޫގައި
ނައިބްރައީސް ފައިސަލް ހއ. ދިއްދޫގައި
ރައީސް އޮފީސް
ނައިބްރައީސް
ރަނގަޅު ޖީލެއް ބިނާކުރުމުގައި ބެލެނިވެރިންގެ ދައުރު މުހިއްމު: ނާއިބު ރައީސް
ފުރަތަމަ 100 ދުވަހުގެ ވައުދުތައް ހަނދާންކޮށް ދެއްވި
މިސްކިތްތަކުގައި ޤުރުއާން ކިޔެވުމުގެ ވައުދު ހަނދާން ކޮށްދެއްވި
އިޖުތިމާއީ މައްސަލަތައް ހައްލު ކުރަން ރައްޔިތުންގެ ބައިވެރިވުން ބޭނުންވާ ކަމަށް ވިދާޅުވި

ރަނގަޅު ޖީލެއް ބިނާ ކުރުމުގައި ބެލެނިވެރިންގެ ދައުރު މުހިއްމު ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ޤައުމު ތަރައްޤީ ކުރުމާއި އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމަށް ހުރިހާ ރައްޔިތުންގެ ބައިވެރިވުން ބޭނުންވާ ކަމަށާއި، ރަނގަޅު ޖީލެއް ބިނާ ކުރުމުގައި ބެލެނިވެރިންގެ ދައުރު މުހިއްމު ކަމަށެވެ.

"އަޅުގަނޑު އެންމެހައި ބެލެނިވެރިންނަށް ދަންނަވާލަން އޮތީ ޤައުމު ތަރައްޤީ ކުރުމަށްޓަކައި ރަނގަޅު ޖީލެއް އުފައްދަން އެބަ ޖެހެ އޭ. މި ޤައުމުގައި ހުރި އިޖުތިމާއީ ތަފާތު، ގިނަގުނަ މައްސަލަތައް ހައްލު ކުރުމަށްޓަކައި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން އެކަމުގައި ޝާމިލުވާން އެބަ ޖެހެ އޭ. މި ހުރިހާ ކަމެއްގެ ތަޅުދަނޑި އަކީ، މި ހުރިހާ ކަމެއް ހާސިލުކުރެވެން އޮތީ މާދަމާ މި ޤައުމަށް ހަވާލުވާނޭ ރަނގަޅު ޖީލެއް ބިނާ ކޮށްގެން." ފައިސަލް ވިދާޅުވެފައި ވެއެވެ. 

ދީން ރައްކާތެރިކޮށް ދީނީ ގޮތުން ހޭލުންތެރި ކުރުމަށް މި ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާނެ ކަން ފާހަގަ ކުރައްވަމުން ފައިސަލް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޕެންޝަން ފަންޑުގެ ފައިސާ އިން ހައްޖުގެ އަޅުކަން އަދާކުރެވޭނެ ގޮތް ހެދުމާއި، މިސްކިތްތަކުގައި ޤުރުއާން ކިޔެވުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނާއިބު ރައީސް ފައިސަލްގެ އިތުރުން މި ޖަލްސާގައި ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަބްދުލް ލަތީފް މުހައްމަދު އާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއަރސް ޑޮކްޓަރ އަޙްމަދު ޒާހިރު ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް