ކ. މާލެ
|
24 ނޮވެންބަރ 2018 | ހޮނިހިރު 10:50
ރައީސް ނަޝީދު، ދ. ރިނބުދޫއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
ރައީސް ނަޝީދު، ދ. ރިނބުދޫއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
އެމްޑީޕީ
ޕްރޮގްރާމް
ނާސްތާގެ ވައުދަށްފަހު، ރިނބުދޫ ކައުންސިލްގެ އަމާޒު މައިންގެ ދުޅަހެޔޮ ކަމަށް
ދޮށީ އުމުރުގެ މީހުންނަށް ގިނަ ހަރަކާތްތަކެއް ހިނގުމަށް ރާވަފައިވޭ
މާބަނޑު މީހުންނަށް ޚާއްސަ އަޅާލުންތެރިކަން ދޭން ރާވާފައިވޭ
ދޮންކޭލާއި ކިރުގެ ވައުދު ރިނބުދޫން ފުއްދާފައި ވަނީ މެއި މަހު

ހެނދުނުގެ ނާސްތާ ދިނުމުގެ ވައުދު ފުރިހަމަ ކުރުމަށްފަހު، ރިނބިދޫ ކައުންސިލްގެ އަމާޒަކީ މައިންގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ޕްރޮގްރާމްތަކެއް ހިންގުން ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެޓީވީއާ ވާހަކަ ދައްކަމުން ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި ސްކޫލް ކުދިންގެ ނާސްތާ އިއުލާން ކުރުމުގެ ކުރިން ވެސް ރިނބުދޫ ކައުންސިލުން ކުރިއަށް ގެންދާ އީޓް ރައިޓް ރިނބުދޫ (އީއާރުއާރު) ޕްރޮގްރާމްގެ ދަށުން އެ ރަށުގެ ދަރިވަރުންނަށް ދޮންކޭލާއި ކިރު ދެމުންދާ ކަމަށެވެ. މިއަހަރުގެ މެއި މަހުން ފެށިގެން އެ ވައުދު ފުރިހަމަކޮށްފައިވާއިރު، އެ ކައުންސިލްގެ އަމާޒަކީ އެ ކުދިންގެ މައިން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ޕްރޮގްރާމްތަކެއް ހިންގުމަށް ކަމަށެވެ.

އެގޮތުން އީއާރްއާރުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި މައިންނަށް ރަނގަޅު ސިއްހަތަށް ފައިދާ ހުރި ކާނާ ފޯރުކޮށް ދިނުމާއި، ކަސްރަތުގެ ތަފާތު ޕްރޮގްރާމްތައް ހިންގުމާއި އަދި ގޯތީގައި ވާ ހުސްބިންތަކުގައި ކާނާގެ އެކިއެކި ބާވަތްތައް އިންދާ ހައްދާނެ ގޮތް ދަސްކޮށްދިނުމާއި މީގެ އިތުރުން ވެސް މާބަނޑު ދުވަސްވަރު އަންހެނުންނަށް ޚާއްސަ އަޅާލުންތެރި ކަމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހާތިމް ވިދާޅުވިއެވެ.

ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް-- ފޮޓޯ/ ރާއްޖެއެމްވީ

މީގެ އިތުރުން އުމުރުން ދުވަސްވީ ފަރާތްތަކަށް ޚާއްސަކޮށްގެންވެސް ގިނަ ހަރަކާތްތަކެއް ހިނގުމަށް ރާވަފައިވާއިރު ރަށުގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމުގެ އާދަ ރައްޔިތުންގެ ކިބައިގައި ހަރުލެއްވުމަށް ގިނަ ކަންކަން އީއާރުއާރުން ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ހާތިމް ވިދާލުވިއެވެ.

”އަޅުގަނޑުމެން ހެނދުނުގެ ނާސްތާ ފޯރުކޮށްދެނީ ޕެކޭޖެއްގެ ގޮތުގައި. ކޮންމެ ހަފްތާއަކު ގޭގެއަށްގޮސް ދަރިވަރުގެ މައިންބަފައިންނާއި ޕެކޭޖް ހަވާލް ކުރަނީ އެއީ މިހާރު މިޕްރޮގްރާމް ކުރިއަށް ގެންދާގޮތަކީ. ނަމަވެސް އީއާރުއާރުގެ ދަށުން ފޯރުކޮށްދޭނީ ހަމައެކަނި ހެނދުނުގެ ނާސްތާއެއްނޫން ހާތިމް ވިދާލުވިއެވެ."

އީޓް ރައިޓް ރިނބުދޫ ޕްރޮގްރާމްގެ ދަށުން ރިނބުދޫގެ ސްކޫލްގެ ދަރިވަރުންނަށް ކިރުތައްޓާއި ދޮންކެޔޮ އަދި ބިހާއި އާފަލް ފަދަ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައި ވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެންކަން ފަހަގަ ކުރައްވަ ހާތިމް ވިދާޅުވީ އެއިރު އެމަސައްކަތް ފެށީ ދާއިމީ ގޮތެއްގައި އެކަން ކުރުމަށްވުރެން ބޮޑަށް ކިޔަވާ ދަރިވަރުންގެ ކިބައިގައި ސިއްހަތައް ފައިދާ ހުރި ރަނގަޅު ކާނަ ކެއުމުގެ އާދަ ހަރުލެއްވުމުގެ ގޮތުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
24 ނޮވެންބަރ 2018 | ހޮނިހިރު 19:18
Rasha
Rinbudhoo council haadha advance ey dho. Salhi meethi
24 ނޮވެންބަރ 2018 | ހޮނިހިރު 19:15
Rasha
Rinbudhoo council haadha advance ey dho. Salhi meethi
24 ނޮވެންބަރ 2018 | ހޮނިހިރު 19:14
Rasha
Rinbudhoo council haadha advance ey dho. Salhi meethi