ކ. މާލެ
|
24 ނޮވެންބަރ 2018 | ހޮނިހިރު 08:37
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ ލޯގޯ
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ ލޯގޯ
ޔޫތު މިނިސްޓްރީ
ޔޫތު މިނިސްޓްރީ
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ ދުވަސް ޔޫތު މިނިސްޓްރީން ފާހަގަ ކުރަނީ
ދުވަސް ފާހަގަ ކުރުމަށް އެކިި ހަރަކާތްތަކެއް ވަނީ ރާވާފައި

 އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ ދުވަސް ފާޙަގަ ކުރުމަށް ގިނަ ހަރަކާތްތައް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ފަރާތުން ނިންމައިފިއެވެ. 

އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ޔޫތު މިނިސްޓްރީން ބާއްވާ މި ހަރަކާތްތަކުގެ ބޭނުމަކީ އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށްޓަކައި އެކަމަށް ބާރުއަޅައި ދުވަހުގެ މުހިއްމުކަން ޒުވާނުންނަށް އޮޅުންފިލުވައި ދިނުމަށް ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތުގެ ތެރެއިން ދުވަހުގެ މުހިއްމުކަން އަންގައިދިނުމަށް ބާއްވާ ހަރަކާތެއްކަމަށެވެ. 

އެގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު 7:00 އިން ފެށިގެން ރޭގަނޑު 11 ޖެހުމާއި ހަމައަށް ވަނީ އެކި ހަރަކާތްތައް މާފަންނު ޔޫތު ސެންޓަރ އައުޓްޑޯރގައި ހިންގުމަށް ނިންމާފައެެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު 7:00 އިން ފެށިގެން  ހެނދުނު 11:30 އަށް އަންހެނުންގެ ތްރީ އޮން ތްރީ ފުޓްސަލް ފުޓްބޯޅަ މުބާރާތެެއް އޮންނާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. އަދި ހަވީރު ފުޓްސަލްގެ ފައިނަލްމެޗްތައް ކުރިއަށްދާއިރު ރޭގަނޑު ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް